ބްލޫ ލެގޫން ލަގްޒަރީ ރެޒިޑަންސުން އެ ކުންފުނީގެ ދެ ވަނަ ރެސިޑެންޝަލް ޓަވަރުގެ ބުކިންއަށް ހުޅުވާލައިފި އެވެ.

ވީސީއައިއެލް ގްރޫޕުން ތަރައްގީ ކުރަމުން އަންނަ ބްލޫ ލެގޫންގެ ރެޒިޑެންޝަލް އަދި ކޮމާޝަލް އިމާރާތުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ބުނެފައިވާ ޓައިމްލައިނާ އެއްގޮތަށް މިދިޔަ މަހު ވަނީ ފަށައިފަ އެވެ. އެ ކުންފުނިން މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މެރީނާ ފެންނަ ގޮތަށް، ފޭސް 2ގެ ބްރިޖާ ކައިރީގައި ހުންނަ ބްލޫ ލެގޫންގެ  ޕާލް ޓަވަރުގެ 10 ފްލޯގެ ބުކިން އަށް ހުޅުވާލާފައި ވަނީ އެ ލޮކޭޝަންގެ ސަބަބުން އެތަނުގެ އެޕާޓްމަންޓު ގަތުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ބްލޫ ލެގޫން ރެޒިޑެންސްގެ 13, 14 އަދި 15 ވަނަ ބުރީގެ ޔުނިޓުތައް ވެސް މިހާރު ވަނީ ބުކިން އަށް ހުޅުވާލާފަ އެވެ. އެ ކުންފުނިން ބުނީ މިހާރު ހުރި އަގުތަކުގައި 50 ޔުނިޓު ވިއްކުމަށް ފަހު، ބާކީ ޔުނިޓްތަކުގެ އަގު ބޮޑުވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބްލޫ ލެގޫން ޕްރޮޖެކްޓަކީ ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ހިމަނައި, މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ތަފާތު އެއް ޕްރޮޖެކްޓެވެ. މިއީ ރާއްޖޭގެ ލަގްޒަރީ ދިރިއުޅުން މާނަކުރާ ގޮތް ބަދަލުކޮށްލާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވީސީއެލް އިން ވަނީ ބުނެފަ އެވެ. އެ ތަނުގެ ކުރެހުމަށް ބަލާއިރު، ގިނަ ހިދުމަތްތަކެއް ހިމަނާފައިވަނީ ގުދުރަތީ ރީތިކަން ތަޖުރިބާކޮށް، ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުން ވާނެ ކަންކަމާ އެކުގަ އެވެ

ދެ ޓަވަރަކަށް ބަހާލައިގެން 18 ފްލޯ އަށް ހަދާ މި އެޕާޓްމަންޓު ކޮމްޕްލެކްސްގައި35,000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮންނާނެ އެވެ. އަދި އެ ޖާގައިގައި އެކި ވަސީލަތްތައް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން އެ ތަނުގައި15,000 އަކަފޫޓުގެ ބޮޑު ކްލަބް ހައުސްގައި 2,638 އަކަފޫޓުގެ ޖިމަކާއި 1,713 އަކަފޫޓުގެ ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއް ހަދާނެ އެވެ. އަދި 1,900 އަކަފޫޓުގެ މަލްޓިޕާޕަސް ހޯލަކާއި 2,638 އަކަފޫޓުގެ ކުޑަކުދިންގެ ޕްލޭ އޭރިއާއަކާއި 15 ސީޓުގެ ތިއޭޓަރަކާއި ޑޭ ކެއާއެއް  އަދި 4,564 އަކަފޫޓުގެ ގާޑަންއެއް ވެސް ހުންނާނެ އެވެ.

ވީސީއެލް އިން ބުނި ގޮތުގައި، ބްލޫ ލެގޫންގައި ހަދާ 24,000 އަކަފޫޓުގެ ރޫފްޓޮޕްގައި ޖޮގިން ޓްރެކާއި މޭވާ ބަގީޗާތަކާއި ކަބާނާތަކާއި ބީބީކިއު ޒޯންތައް ހުންނާނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ބޮޑު ރޫފްޓޮޕް ސްވިމިން ޕޫލް ވެސް ގާއިމް ކުރާނެ އެވެ. މި ތަނުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތަކާއި ޕްރައިވެޓް ޕާކިން ފެސިލިޓީތައް ގާއިމުކޮށް 24 ގަޑިއިރު ސަވައިލެންސް ކުރާނެ އެވެ. "ބްލޫ ލެގޫން"ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1,035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1,280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1,340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1,795، 1,825 އަދި1,875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. "ބްލޫ ލެގޫން"ގެ މަސައްކަތް ކުރާ ވީސީއެލް ގްރޫޕަކީ 175 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް އިންޑިއާގެ އިތުރުން މޮރިޝަސް ފަދަ އެކި ގައުމުތަކުގައި ހިންގާފައިވާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެފްޑީސީގެ އަމަން ދޯދި ޓަވަރުގެ 1,400 ހައުސިން ޔުނިޓްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ނިންމާ، ދިވެހިންގެ އިތުބާރު ވެސް ހޯދާފައިވާ ކުންފުންޏެކެވެ.