އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން މި އަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން ވެސް ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށައިފި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯގެ ކޮންސްޓްރަކްޝަންއިން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުމެވެ.

މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއަރ އާއި ގުޅިގެންނެވެ. އެ ޕްރޮމޯޝަން ރަސްމީކޮށް ފެށީ ރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯ ރޫމްގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ ހަފްލާ ޝަރަފްވެރިކޮށް ދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ.

މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ޑިރެކްޓަރ މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެއަށް ވަޑައިގެންނެވި ނިޕޯން ޕެއިންޓްގެ ހާއްސަ ވަފުދެއް ވެސް ވަނީ އެ ހަފްލާގައި ބައިވެރިވެފަ އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސްގައި ވިއްކާ ނިޕޯން ޕެއިންޓު. -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ކޮންސްޓްރަކްޝަންސްގައި ވިއްކާ ނިޕޯން ޕެއިންޓު. -- ފޮޓޯ: އެސްޓީއޯ

މިއީ ރޯދަ މަހަށް ގޭތެރޭގައި ކުލަލާ، ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.  

އެ ޕްރޮމޯޝަނުގައި ނިޕޯން ޕެއިންޓާއި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ލިބޭނެ އެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ކަނޑައެޅިފައިވާ ވަކި ޕްރޮޑަކްޓުތަކަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި މަކިޓާގެ ބައެއް ޓޫލްސްތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަނުގައި ވެލިގާއިން ވިއްކާ ނިޕޯން ޕެއިންޓުގެ ޕްރޮޑަކްޓުތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ. 

އެ ޕްރޮމޯޝަނުގައި ހިމެނޭ ޕްރޮޑަކްޓުތަކުން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ޕްރޮމޯޝަންގެ ހާއްސަ ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ތިން ނަސީބުވެރިން ހޮވަން ހަމަޖެހިފައިވާ އެ ލަކީޑްރޯގެ އެއް ވަނައަށް ހުށަހަޅާފައިވަނީ 50،000ރ. ގެ ވައުޗަރެކެވެ. އަދި ދެވަނަ އަށް 20،000ރ. ގެ ވައުޗަރެއް ހުށަހަޅާފައި ވާއިރު، ތިން ވަނައަށް ހުށަހަޅާފައިވަނީ ވަނީ ސްޓޯން ހޮޓެލްއިން ދެ މީހަކަށް ދެ ދުވަހުގެ ހުރުމެވެ. 

އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާލެ އާއި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ފިހާރަތަކުގެ އިތުރުން މަކިޓާ ޝޯރޫމާއި މާލެ އާއި ހުޅުމާލޭގައި ހުންނަ ވެލިގާ ހާޑްވެއާގަ އެވެ. އަދި އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓާއި މަކިޓާ ޕްރޮޑަކްޓުތައް ގަނެގެން ވެސް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. 

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.