އެސްޓީއޯ ޖެނެރަލް ޓްރޭޑިންގައި ހިޓާޗީ އޭސީ އަށް ހާއްސަކޮށް ޕްރޮމޯޝަން ފަށައިފި އެވެ.

"ހިޓާޗީ ފިނިފިނި ޕްރޮމޯ"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އޭސީތައް ހެޔޮ އަގުތަކެއްގައި ލިބޭނެ އެވެ. އަދި އެ ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ގަނެގެން، ކޮންމެ 1000ރ. އަކަށް ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ.

ލަކީޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ހިޓާޗީ ބްރޭންޑުގެ 40،000ރ. ގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބޭނެ އެވެ. 

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ ޕްރޮމޯޝަން މާލެ އާއި ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައި ވެސް ކުރިއަށް ދާނެ އެވެ.

ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ ކޮލިޓީ ބްރޭންޑެކެވެ.