އައިކެއާ އޮޕްޓިކަލްސްއިން މިދިޔަ ސްކޫލް ބަންދާ ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި ހުށައެޅި ރޯދަ އުމްރާ ދަތުރުގެ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.
އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ މުހައްމަދު ސައުފާނެވެ. އޭނާއަށް ލިބުނީ ރޯދަ މަހުގެ ދެ މީހެއްގެ އުމްރާ ދަތުރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން މިދިޔަ މަހުގެ ނިޔަަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބުނު ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާ އޮޕްޓިކަލްސްއިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި އެތަނުން ވިއްކާ ބައެއް ބްރޭންޑުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓް ވެސް ވަނީ ދީފަ އެވެ. އަދި 3،000ރ. އިން މަތީގެ އައިނު ހައްދާ ކަސްޓަމަރުންނަށް 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ވަނީ ދީފަ އެވެ.
އައިކެއާއިން އެފަދަ އަގުހުރި އެކި އިނާމުތައް ހިމެނޭ އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.