އައިކެއާ އޮޕްޓިކަލްސްއިން މި ރޯދަމަހަށް ހާއްސަކޮށް "ނަޔާ ރޯދަ ހަދިޔާ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް، ހަތަރު މީހުންގެ ލަންކާ ދަތުރެއް ހުށަހަޅާފައިވާ ޕްރޮމޯޝަނެކެވެ. އެ ދަތުރުގައި އެ ހަތަރު މީހުންގެ ޓިކެޓާއި ހަތަރު ރޭގެ ހުރުމާއި ތިން އިރުގެ ކެއުމުގެ އިތުރުން އެ ގައުމުގެ މަޝްހޫރު ތިން މަންޒިލް ކަމަށްވާ ކެންޑީ، ނުވަރައެލިޔާ އަދި އެލާ ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި އައިކެއާއިން ވަނީ ހާއްސަ ޑިސްކައުންޓުތަކެއް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން ހޮވާލެވިފައިވާ ވަކި ބްރޭންޑްުތަކެއްގެ ފްރޭމް އަދި އަވިއައިނުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އޭގެ އިތުރުން ޝަރުތު ހަމަވާ ވިޔަފާރިތަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން މާލޭގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އައިކެއާގެ ފިހާރަތަކުަގައި ވެސް ކުރިއަށް ގެންދާނެ އެވެ.