އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ބުނިގޮތުގައި މިއަދުން ފެށިގެން ގެނައި އެ ބަދަލާއެކު، ކުރިން 12ރ. އަށް ވިއްކި ފިޔާ ކިލޯއެއްގެ އަގު 10ރ. އަށް މިހާރު ވަނީ ހެޔޮކޮށްފަ އެވެ. އަދި އެ ބަދަލާއެކު، ކުރިން 250ރ. އަށް ވިއްކި ފިޔާ ބަސްތާއެއްގެ އަގު 190ރ. އަށް ވަނީ ކުޑަވެފަ އެވެ.
މީގެ އިތުރުން ކުރިން 14ރ. އަށް ހުރި އަލުވި ކިލޯއެއްގެ އަގު 12ރ. ކުޑަކޮށް އަދި ކުރިން 300ރ. އަށް ހުރި އަލުވި ބަސްތާއެއްގެ އަގު 160ރ. އަށް ވަނީ ހެޔޮވެފަ އެވެ.
އެސްޓީއޯއިން ބުނީ އެ ބަދަލު ގެނައީ ރޯދަ މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.
އެސްޓީއޯއިން ބުނީ ފިޔާ އަދި އަލުވީގެ އިތުރުން ވެސް އެހެނިހެން ކާބޯތަކެތީގެ ބާވަތްތައް އެއްހަމައެއްގައި ހިފަހައްޓަން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.