މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) އިން އާއްމުންގެ މެދުގައި އެ ބެންކުގެ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން "އެމްއައިބީ ޗެލެންޖު" ގެ ނަމުގައި ހާއްސަ ކުއިޒެއް ފަށައިފި އެވެ. މި ކުއިޒުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ބައިވެރިވެވޭނެ އެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރ ދޭއް ޖަހަންދެން ކުރިއަށް ގެންދާ މި ކުއިޒުގައި ބައިވެރިވުމަށް އެމްއައިބީގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކުރުމަށް ފަހު، ކުއިޒު ފުރިހަމަ ކުރަން ޖެހޭނެ އެވެ.
ކުއިޒު ފުރިހަމަ ކުރާ މީހުންގެ ތެރެއިން ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ކުރިއަށް ދާނެ އެވެ. މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރި ތިން މީހަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ވަނީ ހުށަހަޅައިފަ އެވެ. ނަސީބުވެރިން އިއުލާނު ކުރާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.
"އެމްއައިބީ ޗެލެންޖް" އަކީ އެ ބެންކުން ފައިނޭންޝަލް ލިޓްރަސީ އިތުރު ކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް ޕްރޮމޯޓު ކުރުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކުއިޒެކެވެ.