މިދިޔަ އަހަރު ފަވަރަ މެދުވެރިކޮށް 17 މިލިއަނަށް ވުރެ ގިނަ ޓްރާންސެކްޝަން ހިންގައި 51 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.
މިއީ އޭގެ ކުރީ އަހަރަށް ވުރެ 123 ޕަސެންޓުގެ އިތުރުވުމެކެވެ. ހިސާބުތަކުން ދައްކާ ގޮތުން 2024 ވަނަ އަހަރު ފަވަރަ މެދުވެރިކޮށް ހިންގީ 7.8 މިލިއަން ޓްރާންސެކްޝަނެވެ. އެއީ 24 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އެމްއެމްއޭ އިން ފަވަރަ ތައާރަފުކުރީ 2023، އޮގަސްޓުގަ އެވެ.
އެމްއެމްއޭ އިން އަންނަނީ ފަވަރަ މެދުވެރިކޮށް ހިންގާ ޑިޖިޓަލް މުއާމަލާތްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމްއެމްއޭ އިން ވަނީ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމެންޓް ލިމިޑެޓާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ބޭނުމަކީ އިންޑިއާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލައި ދެގައުމުގެ ބޭންކްތައް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ގޮތް ހެދުމެވެ.