މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފި އެވެ. 

މި ހިދުމަތް ތައާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އާއި ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ. 

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ބުންޏެވެ. 

އެމްއައިބީއިން ތޮއްޑޫގައި ހުޅުވި އޭޓީއެމް.
އެމްއައިބީއިން ތޮއްޑޫގައި ހުޅުވި އޭޓީއެމް.

ތޮއްޑޫގައި އެމްއައިބީއިން ބެހެއްޓި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ އެވެ. އެމްއައިބީން ބުނީ އެ އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އެ ބޭންކުން ގެންދަނީ ބެންކުގެ މާލީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދީ، ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ފުޅާކުރަމުންނެވެ.