ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއި ބޭނުންތައް ދެނެގަނެ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "ރެނާޓަސް އިރުމަތި" ގައި ފަރުމާކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ޑޫޕްލެކްސް އެޕާޓްމަންޓުތައް ބުކިންއަށް ހުޅުވާލައިފި އެވެ.
ދެ ބުރިއަށް ހަދާފައިވާ މި ޑޫޕްލެކްސް އެޕާޓްމަންޓުތަކަކީ ޕްރައިވެސީއާ އެކު ޖާގަ ތަނަވަސް އެޕާޓްމަންޓެއްގައި އަރާމު ދިރިއުޅުމެއް ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ލަގްޒަރީ އެކި ސިފަތަކާ އެކު ފަރުމާކޮށްފައިވާ އެޕާޓްމަންޓުތަކެކެވެ. މި އެޕާޓްމަންޓުތަކުގެ ދެ ފްލޯއަކީ ވެސް އެޕާޓްމަންޓުގެ ތެރެއިން އެކްސެސްވެވޭނެހެން ފަރުމާކޮށްފައިވާ އިންޓާނަލް ދެ ފްލޯ އެވެ.
މި ތަނުގެ ތިރީ ފްލޯ މުނިފޫހިފިލުވުމާއި އާއްމު ދިރިއުޅުމުގެ ކަންތައްތައް ފުރިހަމަކުރުމަށް ހާއްސަކޮށްފައި ވާއިރު، މަތީ ފްލޯ ހާއްސަކޮށްފައި ވަނީ ކޮޓަރިތަކަށެވެ. މިއީ އާއިލާތަކާ އެކު ދިރިއުޅޭ އިރު ގޭތެރޭގެ އިތުރު އަޑުތަކުން ދުރުވެ، އާއްމުކޮށް އެޕާޓްމަންޓުތަކުން ލިބެން ނުހުންނަ ޕްރައިވެސީއާ އެކު އަރާމުކުރުމުގެ ފުރުސަތު ހޯދައިދޭނެ ތަނެކެވެ.
މި ތަފާތު ލޭއައުޓްގެ ސަބަބުން ގޭތެރެއަށް އިތުރު ތަނަވަސްކަމާއި، މިނިވަންކަމެއް ލިބިގެންދާނެ އެވެ. އަދި ރައްކާތެރި، އެކުލެވިގެންވާ ރެސިޑެންޝަލް އިމާރާތެއްގެ ތެރެއިން އަމިއްލަ ގެއެއްގެ އިހުސާސް ކޮށްދޭނެ އެވެ.
ރެނާޓަސް އިރުމަތި ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް އަކީ ލަގްޒަރީ ހިތްގައިމު ދިރިއުޅުމަކަށް ބޭނުންވާ ގިނަ ފީޗާތަކެއް ހިމެނޭ ތަނެކެވެ. މި ތަނުގެ ރެޒިޑެންޓުންނަށް އެކްސްކްލޫސިވިޓީ ދިނުމުގެ ގޮތުން މި ތަން ފަރުމާކޮށްފައި ވަނީ މަދު އެޕާޓްމަންޓުތަކަކާ އެކު އެވެ. އަދި މި ތަނުގައި ކޮންމެ ރެޒިޑެންޓަކަށް ވެސް ހާއްސަކޮށްފައިވާ ޕާކިން ޖާގައެއް ހުރެ އެވެ.
ރެނާޓަސް އިރުމަތީގެ ކޮންމެ އެޕާޓްމަންޓެއްގައި ވެސް ބޭނުންވާނެ ހުރިހާ ވަސީލަތްތަކާ އެކު ފަރުމާކޮށްފައިވާ ޒަމާނީ ބަދިގެއެއް ހުރެ އެވެ. އަދި އެ ތަނުގައި ސެންޓްރަލައިޒްޑް އޭސީ ސިސްޓަމުގެ އިތުރުން ތަނުގެ ހިތްފަސޭހަކަން އިތުރުކޮށް ދިނުމަށް ލައިޓިން ހަދާފައި ވަނީ އާއްމުކޮށް ހޮސްޕިޓާލިޓީ ދާއިރާގެ އިމާރާތްތަކުގައި ހުންނަ ގޮތަށެވެ.
މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ރެކްރިއޭޝަނަލް ފެސިލިޓީތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ހޯމް ސިނަމާ އާއި ގަސްގަހުގެ ފެހިކަން ދައްކައިދީ ހިތްގައިމު ޖާގަތަކުގެ އިތުރުން ރާއްޖޭގެ ރެޒިޑެންޝަލް އިމާރާތެއްގައި ހުންނަ އެންމެ ބޮޑު އިންފިނިޓީ ޕޫލް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރެނާޓަސް އިރުމަތީގައި ހިމެނޭ ހިތްގައިމު ޑޫޕްލެކްސް އެޕާޓްމަންޓުތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް, "އޯޕަން ހައުސް"އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ މި އެޕާޓްމަންޓުތަކުގެ ހިތްގައިމުކަން ބަލާލައި ތަޖުރިބާކޮށްލުމަށް ލިބޭނެ ފުރުސަތެކެވެ.
މި ތަނާ ގުޅޭ އިތުރު މައުލޫމާތު ރެނާޓަސްގެ އޮފިޝަލް ވެބްސައިޓާއި 9755777 ފޯނުން ލިބޭނެ އެވެ.