އަޟްހާ އީދުގެ މުނާސަބަތުގައި، އާދިއްތަ ދުވަހުން ހޮނިހިރު ދުވަހަށް ސަރުކާރު ބަންދުކުރިޔަސް އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޮފީސް ބުރާސްފަތި ދުވަހު ހުޅުވައި ހިދުމަތްތައް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ދުވަހު ބޭންކުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރު 13:30 އާ ހަމަޔަށެވެ. އަދި އެމްއައިބީގެ ބްރާންޗްތަކުން ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ ކުރުމުގެ ކަޓްއޯފް ޓައިމަކީ އެ ދުވަހުގެ މެންދުރު 1:00 ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީއަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓާ ކުރުމާއި، ފައިސާ މޮބައިލް އަދި ފައިސާ ނެޓް މެދުވެރިކޮށް ޓީޓީގެ ހިދުމަތަށް އެދުމުގެ އިތުރުން ވެސް އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް އެ ބޭންކުން ދޭ ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ.