ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކުރިން ކަނޑައަޅާފައިވާ އަދަދަށް ވުރެ ޖާގަ އިތުރުކޮށް ފޯމު ހުށެހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ސްކޫލުން ބުނީ ޖާގަ އިތުރުކުރަން ނިންމީ ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް އެ ސްކޫލުން ޖާގަ ހޯދުމަށް އެދެމުންދާތީ ކަމަށެވެ.
އެ ސްކޫލުން ޖާގަ އިތުރުކުރި މާއްދާތަކަކީ:
- ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސްގެ އެއް ކުލާސް (މާއްދާއަކުން 25 ޖާގަ)
- ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގެ އެއް ކުލާސް (މާއްދާއަކުން 25 ޖާގަ)
- ޕިއަސަން ޑިޕްލޮމާ ބިޒިނަސް އިން 10 ޖާގަ
- ޕިއަސަން ޑިޕްލޮމާ ހޮސްޕިޓަލިޓީ އިން 10 ޖާގަ
- ޕިއަސަން ޑިޕްލޮމާ އިންޖިނިއަރިން އިން 10 ޖާގަ
- ޕިއަސަން ޑިޕްލޮމާ އެޕްލައިޑް ސައިންސް 10 ޖާގަ
- ޓްރެވަލް އެންޑް ޓޫރިޒަމް އިން 20 ޖާގަ
- ޑިޖިޓަލް މީޑިއާ އެންޑް ޑިޒައިން އިން 5 ޖާގަ
- ކޮމްޕިއުޓަ ސައިންސް އިން 11 ޖާގަ
- އިންފޮމޭޝަން ޓެކްނޮލޮޖީ އިން 3 ޖާގަ
ވީއައިއެޗްއެސްއިން ބުނީ އިތުރު މާއްދާތަކުން ސްކޫލުގައި ޖާގަ ހުރި މިންވަރަކުން ފުރުސަތު ދެމުންދާނެ ކަމަށެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ޖާގަ އިތުރުކޮށްފައި ވާއިރު، އެ ސްކޫލުގެ ސްކޮލަޝިޕްތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެއީ؛
1. ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސް
އެ ސްކޮލާޝިޕްގެ ދަށުން މިއަހަރު އޯލެވެލް އިމްތިހާނުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާފައިވާ ދަރިވަރުންނަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެ.
2. ބްރިލިއަންސް ސްޓޫޑަންޓް ސްކޮލާޝިޕް
އެ ސްކޮލާޝިޕްގައި ކިޔެވުމުގެ ނަތީޖާއަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތް ދޭނެ.
3. ސްޕޯޓްސް ސްކޮލާޝިޕް
އެ ސްކޮލާޝިޕްގައި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް ޓިއުޝަން ފީގެ އިނާޔަތް ދޭނެ
އެ ސްކޮލާޝިޕްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި އަދި ހީވާގި ދަރިވަރުންގެ މަސައްކަތްތައް ބަލައިގަނެ، އެ ކުދިންގެ ތައުލީމީ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެއީ އެ ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ގާބިލިއްޔަތު ދެނެގަނެ، އެ ކުދިންގެ ކުރިމަގު އުޖާލާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެވޭ ފުރުސަތުތަކެއް ކަމަށް ވެސް ބުންޏެވެ.
ސްކޮލާޝިޕަށް އެޕްލައި ކުރަން ޖެހޭނީ އޯލެވެލް ނަތީޖާ ލިބުމުން، އޮންލައިން އެޕްލިކޭޝަން ދެވަނަ ފަހަރަށް އަޕްޑޭޓް ކުރާއިރު، ޝަރުތު ހަމަވާ ސްކޮލާޝިޕް ހިޔާރުކޮށް ގެންނެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކިޔަވައިދޭ މާއްދާތަކާއި ލިބެން ހުރި ޖާގައިގެ ތަފުސީލު ސްކޫލުގެ ރަސްމީ ވެބްސައިޓުން ލިބޭނެ އެވެ. ވީއައިއެޗްއެސްއާ އަލަށް ގުޅޭ ދަރިވަރުންގެ ކިޔެވުން ފެށޭނީ އަންނަ އާދިއްތަ ދުވަހު އެވެ.