މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ލ. ކަލައިދޫގައި އޭޓީއެމް ހިދުމަތް ތައާރަފުކޮށްފި އެވެ.

އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢިސްމާއިލް ޝަފީއު އާއި އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި ކަލައިދޫ ކައުންސިލުގެ ރައީސް އަހްމަދު ޝިޔާމެވެ.

އެމްއައިީޢިން ލ. ކަލައިދޫގައި ހުޅުވި އޭޓީއެމްގެ ރަސްމިއްޔާތުގައި އެމްއައިބީއާ ރަށުގެ އިސްވެރިން.
އެމްއައިީޢިން ލ. ކަލައިދޫގައި ހުޅުވި އޭޓީއެމްގެ ރަސްމިއްޔާތުގައި އެމްއައިބީއާ ރަށުގެ އިސްވެރިން.

އެމްއައިބީއިން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅުވި އޭޓީއެމްއެއް ކަމަށެވެ. އަދި މި އޭޓީއެމްއިން ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށާއި މިއީ ބޮޑު އާބާދީއެއް އޮންނަ އިސްދޫ ކަލައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ބުންޏެވެ. 

އެމްއައިބީން ބުނީ މި އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަ ށެވެ.

އެ ބޭންކުން ގެންދަނީ މާލީ ހިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ހިދުމަތް ތައާރަފުކުރަމުންނެވެ.