ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބޮޑެތި އިނާމުތަކަކާއެކު "ވޯލްޑް ކަޕް ފީވާ – ޕްރެޑިކްޓް އެންޑް ވިން" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.
އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ދިރިއުޅޭ ފަރާތްތަކަށް ބައިވެރިވެވޭނެ ހަރަކާތެކެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ، މެޗުތައް އޮންނަ ދުވަސްތަކުގައި އެމްއައިބީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކުރާ މައިކްރޯސޮފްޓް ފޯމް މެދުވެރިކޮށް މެޗުން މޮޅުވާނެ ޓީމު ދިމާކޮށްގެންނެވެ. މި ކެމްޕެއިނަށް ހާއްސަކޮށް އެމްއައިބީއިން މެޗު އޮންނަ ކޮންމެ ދުވަހަކުވެސް އާ ޕޯސްޓެއް ކުރަމުންދާނެ އެވެ. އަދި ކޮންމެ މެޗަކުންވެސް ނަސީބުވެރި އެއް ފަރާތެއް ހޮވާނެ އެވެ.
އެމްއައިބީ "ވޯލްޑް ކަޕް ފީވާ – ޕްރެޑިކްޓް އެންޑް ވިން" ކެމްޕެއިންގެ ދަށުން ވޯލްޑްކަޕްގައި ކުޅޭ ފުރަތަމަ 96 މެޗަށް ޖުމްލަ 96،000ރ. ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ކޮންމެ މެޗެއްގެ ސްކޯ ޕްރިޑިކްޓުކޮށްގެން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 1،000ރ. ލިބޭނެ އެވެ.
މި ކެމްޕެއިންގެ ދަށުން ކުއާޓާ ފައިނަލުން ފެށިގެން ކުޅޭ އަށް މެޗުގެ ސްކޯ ދިމާކޮށްގެން، ކޮންމެ މެޗެއްގެ ނަސީބުވެރިއަކަށް ވެސް ޕީއެސް 5 ޕްރޯއެއް ލިބޭނެ އެވެ.
މި ކެމްޕެއިންގެ ނަސީބުވެރިއަކަށް ހޮވޭނީ ކަނޑައެޅީފައިވާ ސުންގަޑީގެ ކުރިން ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. މި ކެމްޕެއިންގެ ނަސީބުވެރިންގެ އެމްއައިބީ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެ އެވެ. އަދި ޕީއެސް 5 ޕްރޯ ލިބޭ ފަރާތްތަކުން އިނާމާ ހަވާލުވާން ދާން ޖެހޭނީ އެމްއައިބީގެ އޮފީހަށެވެ.