މޯލްޑިވްސް އިސްލާމިކް ބޭންކުން ބުރުޒު އިންވެސްޓްމަންޓާ ގުޅިގެން 'ޗިއާ އެންޑް ވިން'ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. 

ވޯލްޑް ކަޕަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބުރުޒުގެ އައުޓްލެޓްތަކުން ވިޔަފާރިކޮށް، އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް މެދުވެރިކޮށް ފައިސާގެ ދައްކާ ކަސްޓަމަރުންނަށެވެ. ޝަރުތުހަމަވާ ކޮންމެ މުއާމަލާތަކަށް ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ އެވެ. ކަސްޓަމަރުންނަށް މި ކެމްޕޭނުގައި ބައިވެރިވެވޭނީ މި ކޫޕަން މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތަކުން މޮޅުވާނެ ޓީމުތައް ދިމާކޮށްގެންނެވެ.

މި ޕްރޮމޯޝަނުގައި ބުރުޒުގެ ކޮންމެ އައުޓްލެޓެއްގެ ލީޑަބޯޑުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5,000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި އެމްއައިބީގެ ކާޑުތައް ބޭނުންކޮށްގެން އެމްއައިބީ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް އިތުރު ދެ ބޯނަސް ޕޮއިންޓް ލިބޭނެ އެވެ. 

މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް 75 އިންޗީގެ ސްމާޓް ޓީވީއެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. 

އެމްއައިބީން އަންނަނީ ވޯލްޑްކަޕް ދުވަސްވަރާ ދިމާކޮށް، ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމުގެ ގޮތުން، މި ޕްރޮމޯޝަނުގެ އިތުރުން ސޯޝަލް މީޑިއާގައި ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ.