މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޕްރޮމޯޝަނަލް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ހުޅުވައިގެން ބޮޑު ރޭޓުގައި ފައިދާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއައިބީން ބުނިގޮތުގައި އަންނަ ޖުލައި މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދާ މި އޮފާގައި ހާއްސަ އެޓްރެކްޓިވް ރޭޓުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

މި މުއްދަތުގައި ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވައިގެން ކުރާ ޔޫއެސް ޑޮލަރު  ޑިޕޮސިޓްތަކަށް ހަތަރު ޕަސެންޓުގެ އަންދާސީ ފައިދާގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ ޑިޕޮސިޓްތަކަށް 3.5 ޕަސެންޓުގެ އަންދާސީ ފައިދާގެ ރޭޓެއް އެމްއައިބީން ލިބޭނެ އެވެ.

މި ހާއްސަ "އިންޑިކޭޓިވް ޕްރޮފިޓް ރޭޓު" ތަކުގެ ބޭނުން ހިފުމަށްޓަކައި ކަސްޓަމަރުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކައުންޓް ހުޅުވައި، ފައިސާ ޖަމާކޮށް ނިންމަން ޖެހޭނެ އެވެ. 

ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ ފުރުސަތު އެމްއައިބީން ވަނީ ކަސްޓަމަރުންނަށް ވަރަށް ލުއިފަސޭހަކޮށްދީފަ އެވެ. އެގޮތުން ބޭންކުން ލިބެން ހުރި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް، އޮންލައިންކޮށް ފަސޭހަކަމާ އެކު ފޯމު ހުށަހެޅޭނެ އެވެ. އަދި އެންމެ ކައިރީގައި ހުރި އެމްއައިބީގެ ބްރާންޗަކަށް ގޮސްގެން ވެސް މި ހާއްސަ ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ އިންތިޒާމު ވަނީ އެ ބޭންކުން ހަމަޖައްސައިފަ އެވެ.