މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރޭ ބޭއްވި އެވޯޑު ހަފްލާގައި ބޭންކް އޮފް މޯލްޑިވްސްއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

މި ހަފްލާގައި ބީއެމްއެލްއަށް ލިބުނީ ބޭންކިން ދާއިރާ ކުރިއެރުވުމަށާއި، ޒަމާނީ ވަސީލަތްތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑާއި ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވިގޮތެއްގައި އެންމެ ރަނގަޅު ހިދުމަތް ފޮރުކޮށްދޭ މާލި އިދާރާއަށް ދޭ "އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނެބަލް ފައިނޭންސް" އެވޯޑެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވޯޑާ ހަވާލުވެ ވަޑައިގަންނަވަނީ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެވޯޑާ ހަވާލުވެ ވަޑައިގަންނަވަނީ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި ބޭންކުގެ ފަރާތުން މި އެވޯޑުތަކާ ހަވާލުވެ ވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

އެމްއެމްއޭގެ މި ހަފްލާއަކީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހަފްލާއެކެވެ.

ބީއެމްއެލްއަށް ލިބުނު އެވޯޑުތަކަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއެލްއިން އަދާކުރާ މުހިންމު ދައުރުގެ ހެއްކެއް ކަމަށް އެ ބޭންކުން ބުންޏެވެ.