މޯލްޑިވްސް އިސްލާމިކް ބެންކުން މއ. ކުދިމަގޫގެ 12 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ. 

ޖުމްލަ 830 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ އެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދީފައިވަނީ ރަހުނުު ކޮށްފައި ނަގާފައިވާ ލޯނެއް ނުދައްކައިގެނެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 1 އެވެ. މި ގޭގެ ނީލަން ފެށުމަށް ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި އެމްއައިބީން ކަނޑައަޅާފައި ވަނީ 12.15 މިލިއަން ރުފިޔާ އެވެ.

އެމްއައިބީއިން ބުނީ ނީލަމުގެ ސުންގަޑި ހަމަވާ ވަގުތާއި ހަމައަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެ ވަގުތު އެތަނުގައި ތިބޭ ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، ނީލަމުގެ އެންމެ މަތީ އަގު އިއުލާނު ކުރާނެ ކަމަށެވެ. އަދި ނީލަން ފަށާ އަގު އިއުލާން ކުރުމަށްފަހު، އެވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކަށް، ނީލަން ފެށޭ އަގަށް ވުރެން ބޮޑު އަގެއް ހުށަހެޅުމަށް، މަދުވެގެން ފަސް ލައްކަ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެ އެވެ. މި ބިޑު ސެކުރިޓީގެ ނަމޫނާ މޯލްޑިވްސް އިސްލާމިކް ބޭންކުހެ ވެބްސައިޓްއިން ލިބެންހުންނާނެ އެވެ.

މި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް [email protected] އީމެއިލް މެދުވެރިކޮށް މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީން އެދެ އެވެ.