މިއަދު ފަށާ 'ފުޑް ކާނިވަލް'ގައި ހުންނަ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ސްޓޯލުގެ ހަރަކާތްތަކުގައި ބައިވެރިވުމުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. 

އެމްއައިބީން ބުނީ އެ ސްޓޯލުގައި  ބޭންކުގެ ޑިޖިޓަލް ބޭންކިން ސޮލިއުޝަންތަކާއި އެކި ހިދުމަތްތަކުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. އަދި ހާއްސަކޮށް "ފައިސާވެއާ ރިންގް" ފަދަ ޒަމާނީ ޕޭމަންޓް ހިދުމަތްތަކުގެ މައުލޫމާތު ވެސް އެ ތަނުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ. 

މިއަދު ހަވީރު ފަށާ ފުޑް ކާނިވަލަކީ ރާއްޖޭގައި މިއަހަރު ބާއްވާނެ މިފަދަ އެންމެ ބޮޑު އެއް ކާނިވަލް އެވެ. ކާބޯތަކެތި ވިއްކާ ގިނަ ވިޔަފާރިތަކާއި ޒުވާން މަސައްކަތްތެރިންގެ ހުނަރު ހިމެނޭ ސްޓޯލުތަކާއި އެކު ފަށާ މި ކާނިވަލް ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. 

މި ކާނިވަލުގައި އެމްއައިބީގެ ސްޓޯލް ހުންނާނީ ސްޓްރީޓް އޭ، ޓެންޓް ބީ (ޓެންޓް ބީ ގެ ވަންނަ ދޮރުމަތީގައި) އެވެ. މި ކާނިވަލް ކުރިއަށް ދާނީ ހަވީރު 4 އިން ރޭގަނޑު 10:45 އަށެވެ. 

އެމްއައިބީއަކީ ފުޑްކާނިވަލްގެ ޕްރިމިއަމް ޕާޓްނަރެވެ.