އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ހަދާފައިވާ ފާހާނާބަރި ނިންމައި، ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ރަސްފަންނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ފާހާނާބަރި ރަސްމީކޮށް ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަ މުހައްމަދު މުއީނެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ފާހާނާބަރިއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ.

އެމްޕީއެލް އިން ހައުސިން މިނިސްޓްރީއާ ފާހާނާބަރި ހަވާލުކުރަނީ -- ފޮޓޯ: އެމްޕީއެލް
އެމްޕީއެލް އިން ހައުސިން މިނިސްޓްރީއާ ފާހާނާބަރި ހަވާލުކުރަނީ -- ފޮޓޯ: އެމްޕީއެލް

އެތަން ޑިޒައިންކުރީ އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ. ފާހާނާބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.

ދެ ފާހާނާ އާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް ފާހާނާބަރި ހަދާފައިވަނީ ވީލްޗެއާގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން އާންމުންނަށް ލުއިފަސޭހަވާނެ އެފަދަ ގިނަ ކަންކަން މީގެ ކުރިން ވެެސް ކޮށްދީފައިވެ އެވެ.`