ހުޅުމާލޭ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ނަމަވެސް، ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. 

ކަރަންޓު ކެނޑުމުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދެފަ އެވެ. 

މީގެކުރިން ވެސް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވެ އެވެ.