އެލައިޑް އިންޝުއަރެންސުން 'މިޝަން ޕީއެސް5'ގެ ނަމުގައި އެ ކުންފުނީގެ އިންސްޓަގްރާމް ޕޭޖު ފޮލޯވަރުންނަށް ޕީއެސް5އެއް ދޭ ގިވްއަވޭއެއް އިއުލާނުކޮށްފި އެވެ.
މި ގިވްއަވޭގައި ބައިވެރިވެވޭވީ އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް އެކައުންޓު ފޮލޯކޮށް، ގިވްއަވޭއަށް ހާއްސަކޮށްފައިވާ ޕޯސްޓު ލައިކުކޮށް، އެ ޕޯސްޓުގައި ތިން މީހަކު ޓެގުކޮށް ކޮމެންޓުކޮށްގެންނެވެ. އެލައިޑުން ބުނީ އެ ޕޯސްޓު ސްޓޯރީގައި ޝެއާކުރާ ފަރާތްތަކަށް އިތުރު ބޯނަސް އެންޓްރީއެއް ވެސް ލިބޭނެ ކަމަށެވެ.
މި ގިވްއަވޭގައި ބައިވެރިވެވޭނީ އަންނަ މަހުގެ ނިޔަލަށެވެ.
މި ގިވްއަވޭގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ބައިވެރިވެވޭނެ އެވެ.