ދިރާގުން ކުރިއަށްގެންދާ ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވެގެން، އެންމެ ފަހުގެ "ބާގަންޑީ" ކުލައިގެ އައިފޯން 18 ޕްރޯ މެކްސްއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ގިވްއަވޭގައި ބައިވެރިވެވޭނީ ޓިކްޓޮކުގެ dhiraagufans@ އެކައުންޓު ފޮލޯކުރުމަށް ފަހު އެކައުންޓުގައި ހިމެނޭ ގިވްއަވޭ ޕޯސްޓަށް ދެ މީހަކު ޓެގްކޮށްގެންނެވެ. އެ ދެ މީހުންނަކީ ވެސް އެ އެކައުންޓު ފޮލޯ ކުރާ ދެމީހުންނަށް ވާން ޖެހެ އެވެ. 

މި ގިވްއަވޭ ކުރިއަށް ދާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ދިރާގު ކަސްޓަމަރުންނަށް އަމާޒުކޮށް އެކުންފުނިން ދަނީ މިފަދަ އެކި ގިވްއަވޭތައް ހިންގަމުންނެވެ.