ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ  ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި އިނާމުތަކެއް އެ ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބީއެމްއެލް އަދި  ބީއެމްއެލް އިސްލާމިކްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހަފްތާ އަކު މަދުވެގެން 1،000ރ. ވިޔާފާރިކުރާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ފުޅަދޫ ވިލާމިއާ ގެސްޓްހައުސްގެ ކޮޓަރިއެއް. ބީއެމްއެލް އެމެކްސް ކާޑްގެ ޕްރޮމޯޝަނުގެ އިނާމުގެ ތެރޭގައި މި ގެސްޓްހައުސްގެ ޗުއްޓީ ޕެކޭޖެއް ހިމެނޭ. ފޮޓޯ: ބީއެމްއެލް
ފުޅަދޫ ވިލާމިއާ ގެސްޓްހައުސްގެ ކޮޓަރިއެއް. ބީއެމްއެލް އެމެކްސް ކާޑްގެ ޕްރޮމޯޝަނުގެ އިނާމުގެ ތެރޭގައި މި ގެސްޓްހައުސްގެ ޗުއްޓީ ޕެކޭޖެއް ހިމެނޭ. ފޮޓޯ: ބީއެމްއެލް

ކާޑު މެޝިތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކާއި ބީއެމްއެލް ގޭޓްވޭ އަދި ކިއުއާރު ކޯޑް މެދުވެރިކޮށް ކުރާ ވިޔަފާރިތައް އެ ޕްރޮމޯޝަންގައި ހަފްތާއަކު ކުރާ ހަރަދުތަކުގެ ގޮތުގައި ބަލާނެ އެވެ. 

ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހަތަރު ފަރާތެއް ހޮވައި އެ ޕްރޮމޯޝަންގައި ވަރަށް އަގުހުރި އަދި އިތުރު ފަރާތްތަކާ އެކު ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެފަދަ އިނާމުތަކެއް ކަނޑައަޅާފައިވެ އެވެ. އެއީ:

  • ހާޑް ރޮކް ކެފޭ މޯލްޑިވްސް އިން ދެ ފަރާތަކަށް ރޭގަނޑުގެ ކެއުމެއް.
  • މެކްބުކް ނިއޯ އެޕަލް ވޮޗް އަދި އެއަޕޮޑްސް ހިމެނޭހެން އެޕަލްގެ އުފެއްދުންތައް.
  • އިނާމު ލިބޭ ފަރާތުގެ އިތުރުން ހަތަރު ފަރާތެއް ހިމެނުމުގެ ފުރުސަތު ލިބޭގޮތަށް ފުޅަދޫ  ވިލާ މިއާ ގައި އިތުރު ހރަކާތްތަކާ އެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު.
  • ދެ ފަރަތާތަކަށް، މަންތާރޭ ސްނޯރކްލިން ހިމެނޭހެން ރިސޯޓެއްގއި ދެ ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު. 

ބީއެމްއެލް އިން ބުނި ގޮތުަގައި އެ ޕްރޮމޯޝަނަކީ އެ ބޭންކްގެ އެމެރިކަން އެކްސްޕްރެސް ކާޑުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އާއްމުކޮށް ވިޔަފާރިކޮށްގެން ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭނެ އަގުހުރި ފުރުސަތުތަކެއް ހޯދައި ދޭން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.