އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި އަވިއައިނަށް ހާއްސަ ބޮޑެތި ޑިސްކައުންޓްތަކާއެކު ދެ ދުވަހުގެ ފްލޭޝް ސޭލްސް ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.
މާދަމާ އާއި އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި އެ ފިހާރައިން ލިބެން ހުންނަ ހުރިހާ ބާވަތެއްގެ އަވި އައިނަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށް ދާނީ ހަމައެކަނި ފަރީދީމަގުގައި ހުންނަ އައިކެއާގެ ފިހާރައިގަ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދުނިޔޭގެ މަގްބޫލު އެތައް ބްރޭންޑެއްގެ އޮރިޖިނަލް އަވި އައިނުތައް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި މައުއީ ޖިމް އާއި ރޭ-ބްރޭން އާއި ވޯގް އާއި ޕޮލަރޮއިޑް އާއި ނޮކްއެރައުންޑާއި އޯނިލްގެ އިތުރުން ސުޕަޑްރައި ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.
ކުޅިވަރު ކުޅޭއިރު އަޅާ އައިނާއި އެންމެ ފަހުގެ ފެޝަން ޑިޒައިންތަކުގެ އިތުރުން އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރަން އެކަށީގެންވާ ތަފާތު ވައްތަރުތަކުގެ އައިނުތަކުން 15 ޕަސެންޓާއި އާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އައިކެއާއިން ބުންޏެވެ.
އަހަރު ނިމޭ ޗުއްޓީ ދުވަސްވަރު ކައިރިވެފައިވާއިރު، އެ ޕްރޮމޯޝަނަކީ ދަތުރުދިއުމަށާއި ބޭރުތެރޭގެ އެކި ހަރަކާތްތަކަށް ބޭނުންވާ އައިނު ހޯދުމަށް ނުވަތަ ގާތް މީހަކަށް ހަދިޔާއެއް ދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާއިން ވަނީ މި ދެ ދުވަހު ފަރީދީމަގު ފިހާރައަށް ޒިޔާރަތްކޮށް، ތަފާތު ގިނަ ޑިޒައިންތަކުގެ ތެރެއިން އެމީހަކު އެންމެ ބޭނުންވާ އަވިއައިނު ހިޔާރުކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދީފަ އެވެ. އަދި އެ ފުރުސަތު އޮންނާނީ ހަމައެކަނި މާދަމާ އަދި އަންނަ އާދިއްތަ ދުވަހުގަ އެކަންޏެވެ.