ކުޑަކުދިންނަށް ހާއްސަކޮށް އާޓް އަދި އެޑިއުކޭޝަނަލް ކުޅޭ ސާމާނު ވިއްކާ މަޝްހޫރު "މައިޑިއާ" ބްރޭންޑުގެ ކުޅޭ ސާމާނު "ކޮކީ" ފިހާރައަށް ނެރެފި އެވެ. 

ކޮކީ ފިހާރައިން ބުނީ "އާޓް ލެޑް" ޑިޒައިންތަކުގައި ފަރުމާކޮށްފައިވާ "މައިޑިއާ" ބްރޭންޑުގެ ޕަޒްލްތަކާއި ބިލްޑިން ސެޓުތަކުގެ އިތުރުން އެކި ކްރާފްޓް އެކްޓިވިޓީތަކަށް ހާއްސަ ޕެކުތައް މިހާރު ކޮކީގެ ފިހާރަތަކުން ލިބޭނެ ކަމަށެވެ.

އެ ބްރޭންޑުގެ ޕަޒްލް އާއި މެގްނެޓިކް ގޭމުތައް އަދި ބޯޑް ގޭމާއި ކްރާފްޓް ސެޓުތައް ހުރެ އެވެ. އެއީ ކުޑަކުދިންނަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީ ކުރުމުގައި އެހީވެދޭނެ އަދި ކުއްޖާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭނެ ފަދަ ތަކެއްޗެވެ. 

"މައިޑިއާ"ގެ ކުޅޭ އެއްޗިއްސަކީ ކުދިންގެ ސިކުނޑީގައި އެކި ކަންކަމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ދީ އަދި އެކުދިންނަށް "ޕްރޮބްލަމް ސޯލްވިން" ދަސްކޮށްދިނުމުގެ އިތުރުން ކުޅުމުގެ ތެރެއިން އާ ކަންތައްތައް ދަސްކޮށްދޭނެ ތަކެއްޗެވެ. އަދި އެ ތަކެތިން ކުދިންގެ ކުލަޖެއްސުމާއި ކުރެހުމުގެ ހުނަރުގެ އިތުރުން ވާހަކަ ކިޔައިދިނުމުގެ ހުނަރު ތަރައްގީވުމަށް ވެސް އެހީވެދޭނެ އެވެ. 

ކުޑަކުދިންނަށް ހާއްސަ އެކި ވައްތަރުގެ ކުޅޭ ސާމާނު ވިއްކާ "ކޮކީ" ފިހާރައިން އެފަދަ ގިނަ ބްރޭންޑުގެ ކުޅޭ ސާމާނު ވިއްކަ އެވެ. އަދި ކޮކީގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެ އެވެ.