ކުއްޖާގެ ހެދިބޮޑުވުމާއި ކުޅުމުގައި ކަންތައްތައް ދަސްކުރެވޭނެ ގޮތަށް ކުޅޭ އެއްޗެހި ފަރުމާކުރާ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް "ޖޯއިކެޓް"ގެ ކުޅޭ އެއްޗެހި ކޮކީގެ ފިހާރަތަކަށް ތައާރަފްކޮށްފި އެވެ.
ޖޯއިކެޓްއަކީ އެކި އުމުރުތަކަށް ހާއްސަކޮށްފައިވާ ތަފާތު ގިނަ ވައްތަރުތަކުގެ ކުޅޭ އެއްޗެހި ތައްޔާރުކުރާ ބްރޭންޑެކެވެ. އެ ބްރޭންޑުން އިސްކަން ދެނީ ކުޅޭ އެއްޗެހީގެ އެހީގައި ކުދިންނަށް ތައުލީމީ އެކި ކަންތައްތައް އުގަންނައިދީ އެކި ހުނަރުތައް ތަރައްގީ ކުރުމަށެވެ. އަދި އެ ބްރޭންޑުގެ ކުޅޭ ތަކެއްޗަކީ އިނޮވޭޓިވް އަދި ޗައިލްޑް-ފޯކަސްޑް އަދި ކޮލެޓީ މޮޅު އެއްޗިއްސެވެ. އަދި އެއީ ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި ވެސް މަގުބޫލު ބްރޭންޑެކެވެ.
"ޖޯއިކެޓް" އަކީ ސޯޝަލް މީޑިއާގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. އަދި އެ ބްރޭންޑުގެ ކުޅޭ ސާމާނުގެ އެހީގައި ކްރިއޭޓިވް ޕްލޭ އާއި އެކި ހުނަރުތައް ދަސްކޮށް، އެ ތަކެތީގެ އެހީގައި ކުދިންނަށް ލިބޭ އެކި ތަޖުރިބާތައް ހިއްސާކޮށް، އެ ބްރޭންޑުން ބޮޑު ސޯޝަލް މީޑިއާ ކޮމިއުނިޓީއެއް ވެސް ވަނީ ބިނާކޮށްފަ އެވެ.
ކޮކީގައި "ޖޯއިކެޓް"ގެ ޑީއައިވައި ފްލާވާ ކްރާފްޓް ކިޓާއި ފްލޭޝް ކާޑު އޯޑިއޯ ރީޑާ އާއި މޮލިކިއުލާ މޮޑެލް ސައިން ކިޓާއި ޕްލަޝް ބޭބީ ސްކުއަރަލްސް އެންޑް ޓްރީހައުސް ވިތް ސައުންޑާއި އެލްއީޑީ ސްޕޭސް ސްޓޭޝަން ކޮންޓްރޯލް ބިޒީ ބޯޑް ފޮ ކިޑްސް އާއި ޔުނިކޯން ވޯޓާ ކަލާ ޕެއިންޓިން އެންޑް ޝިމާ އާޓް ކިޓް ފަދަ އެކި ތަކެތި ލިބެން ހުންނާނެ އެވެ.
އެއީ ކުދިންގެ ކްރިއޭޓިވިޓީ އާއި ޕްރޮބްލަމް ސޯލްވިން އާއި އާލީ ލާނިންގައި އެހީތެރިވާނެ ކުޅޭ އެއްޗެއްސެވެ.
އެ ބްރޭންޑުގެ ކުޅޭ އެއްޗިހި މާލެ އާއި ހުޅުމާލޭގައި ހުންނަ ކޮކީގެ ހުރިހާ ފިހާރައަކުން މިހާރު ލިބޭނެ އެވެ.