ބިދޭސީން ލައްވައި ކުނި އުކުވުން މަނާކުރުމުން މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތަކެއް ބަހައްޓާފައި.
02 އޯގަސްޓް 2017 - 21:10
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނިއުކަން ނުދެވޭ ގެތަކުން އަމިއްލަ އަށް ކުނި އުކަން އަންގައި، ކުނި އުކޭނެ ގޮތެއް ނެތް ގެތަކުން ކުނިތައް މަގުމައްޗަށް އަޅަން ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން މާލޭގެ ގެތަކުން ބިދޭސީންނަށް ކުނި އުކުން މަނާކުރުމުން ވަރަށް ގިނަ ގެތަކުން ކުނި އުކާލެވޭނެ ގޮތެއް ނެތެވެ. އެހެންވެ މާލޭގައި އެކި ސަރަހައްދުތަކުގައި މަގުތަކުގައި މީހުން އަންނަނީ ކުނި ކޮތަޅުތައް ބަހައްޓަމުންނެވެ. ބައެއް މަގުތަކުގައި ކުނި ބަހައްޓާފައި ހުރުމުން މިހާރު ވަނީ ނުބައިވަސް ފެތުރެން ފަށައިފަ އެވެ.
"މިގެއިން ކުނި އުކާލަން އަންނަ މީހާ އިއްޔެއިން ފެށިގެން ނާދޭ. އެހެންވެ ކުނި އުކާލަން ހަދަންވީ ގޮތެއް އަދިވެސް ނޭނގިގެން މި އުޅެނީ. ކުނި އުކަން ރަޖިސްޓްރީ ވެސް ކޮށްފައިވާނެ. ވެމްކޯއަށް ގުޅީމަ އެތަނުން ފޯނެއް ވެސް ނުނަގާ. ހަދާނެ ގޮތެއް ނޭނގިފައި މިހިރީ،" މާލޭގެ ގެއަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
މާލޭގެ މަގެއްގެ ޕޭވްމަންޓްމަތީގައި ކުނިކޮތަޅުތަކެއް ބަހައްޓާފައި.
ބިދޭސީންނަށް ކުނި އުކުން މަނާކުރުމުން އާއްމުންނަށް އެކަމުގެ ދަތިކަން އިންތިހާއަށް އިހުސާސްކުރަން ޖެހިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް އާއްމުން ދަނީ ޝަކުވާކުރަމުންނެވެ. އަދި އުކާލަން ވެމްކޯއިން ނުދެވޭތީ ބައެއް ގެތަކުން ކުނިތައް ނެރެ މަގުތަކުގައި ބަހައްޓާފައިވެ އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުނި އުކާލުމުގެ ހިދުމަތަށް އެދި މާލެއިން މިހާތަނަށް 7،000އަށް ވުރެ ގިނަ ގޭބިސީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީކުރި ގެތަކުގެ ތެރެއިން ހިދުމަތް ނުދެވޭ ގެތަކަށް އަމިއްލައަށް ކުނި އުކާލަން ވަގުތީ ކާޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ސައިޓުން ދޫކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިގެންދަނީ ރަޖިސްޓްރީކުރި ގެތަކުން ކުނި އުކާލަމުން. ނަމަވެސް މިދިޔަ ފަސްވަރަކަށް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރި ގެތަކުން އަދި ކުނި އުކާލާކަށް ނުފެށޭ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އަލަށް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ގެތަކުގެ ފޯމްތައް ޕްރޮސެސްކޮށް ނިމެންދެން ވަގުތީ ކާޑު ބޭނުންކޮށްގެން ކުނި އުކާލެވޭނެ ކަމަށެވެ.
މާލޭގެ ފިހާރައެއްގެ ކުރިމަތީގައި ބަޔަކު ކުނިތަކެެއް ބަހައްޓާފައި.
"އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ސައިޓުން ދޫކުރާ ވަގުތީ ކާޑު ބޭނުންކޮށްގެން ކުނި އުކާލަން ވަދެވޭނެ. އަޅުގަނޑުމެން މި ބަލަނީ އަލަށް ހުށަހެޅި ފޯމްތައް ހަ ދުވަހުގެ ތެރޭގައި ޕްރޮސެސްކޮށް ނިންމަން. އޭގެ ފަހުން ވެމްކޯ އިން ގެއަކަށް ކުނި ބަލައި ދާނެ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ވެމްކޯގައި މެދުވެރިނުކޮށް އަމިއްލައަށް ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ވެސް ހިލޭ ކުނި އުކާލަން ސައިޓަށް ވަނުމަށް ފާހެއް ދޫކުރަމުން އަންނަ ކަމަށެވެ. އަދި އެ ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކު އެއް ފަހަރު ކުނި އުކާލަން ވަދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިލޭ ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ކާޑު ބޭނުންކޮށްގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އުކާލަން ބޭނުން ނަމަ ގޭޓް ފީގެ ގޮތުގައި 30ރ. ދައްކަން ޖެހޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދަށް އިއްޔެއިން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ.
ކުރިން މި ގަވާއިދަށް އަމަލްކުރަން އޮތީ ޖުލައި 1 ގަ އެވެ. އެކަމަކު މާލޭގައި ހިމެނޭ 27،000 ގޭބިސީގެ ތެރެއިން އޭރު ރަޖިސްޓްރީކުރީ އެންމެ 1500 ގޭބިސީކަމުން، އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އޮގަސްޓް 1 އަށް ފަސްކުރީ އެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒީ
03 August 2017
ކޮބާ މިހާރު ބިދޭސީން ދިވެހިންގެ ވަޒީފާތައް ނަގާތި ރުޅިއައިސްގެން އުޅުނުމީހުން؟
589
03 August 2017
ގޭޓްފީ 30 ރުފިޔާއޭ.... ފެލާފަ ބަހައްޓާ، ބާރުއޮތީމަ އޭގެ ބޭނުން ކޮށްލަންވާނެ
ހާސަރު
03 August 2017
ސިގިރޭޓެއް މިބޯލަނީ ސަރުކާރަށް ދެތިންރުފިޔާދީފަ! ހުރިހާ އެއްޗެއްކަހަލަ ގޮތަކަށް މިގަންނަނީ ޖީއެސްޓީދިފަ! ފިހާރަތަކުން ބުނަނި ކަސްޓަމަށްވެސް އަދިވެސް ޓިއުޓީވެސް ދައްކަމޭ! ޕާރކްކޮށްލާނެ ތަނެއް ނެތިގެން އިރުކޮޅަކަށް ސައިކަލް ޕާރކް ކޮލާފަ ނިކުންނައިރު އެޖެހުނީ 750 ރުފިޔާ ދައްކަން! ސަރުކާރަށް ލާރިއެއް ނުދީ ފޮޑިއެއްވެސް ނުޖެހޭ ހިސާބަށް މިއޮތީ ގޮސްފަ! ކުނިކޮތަޅެއް އެއްލާލަން ދޮރުން ވަދެވެނީ 30 ރުފިޔާދީފަ! މީދެން ބޮޑުވަރުދޯ! މިހުރިހާލާރިއެއްދީގެންވެސް މިއުޅެނީ ރައްކާތެރިކަމެއް! ރަގަޅު ތައުލީމެއް ! ރަގަޅު ސިއްހީ ޚިދުމަތެއް! އަދުލް އިންސާފެއް ނުލިބިގެން! މިއޮތީ ވާޒަމާނެއް 1 ސަހަރޯ!!
އައްޓަމަސް
03 August 2017
ކުނިއުކޭނެގޮތެއްނެތޭބުނީ ކާކު؟! ކުނިއުކޭ ކުނިކޮޅެއް އެއްލާލާނެހިތްވަރުނެތީ، ކަންނެތީ، ފޮނީ، މީހުންބޮޑަލީ! އަމިއްލަޔަށްކުނިތައްމަގަށްއުކީމައިވެސް ބަލިފެތުރި ބަލިވާނީ އަހަރެމެން، ަގވްމުގެ ވެރިން ދަނީކާރުގައި އެމީހުންނަކަށް އޭގެއަސަރެއް ނުކުރާނެ!
ޝެމް
03 August 2017
މިީދެން ބޮޑު ކަމެއް މުޅި ގޭތެރެވެސް ކުނިވެޖެ ތިބުނާ ބަޔަކު ނާދޭ ދެން މިމާލޭގަ ކޮންމެވެސް ބަލިމަޑު ކަމެއް ފެތުރެން ފަށޭނީ
ކުނި އުކަން ނު ދެވޭ މީ ހާ
03 August 2017
އަހަރެން ރޯދަ މަހުގަ ވާނީ ތިބުނާތަނަށް ރަޖިސްޓްރީ ކޮށްފަ. ހިތައް އެރި ދުވަހެއްގަަ ތިބުނާ ބަޔަކު އަންނަނީ.. ދެގުނަ ފީވެސް ބޮޑު. އަހަރުމެންގެ ދިވެހިންގެ އައިޑީ ކާޑުގެވެސް ބޭނުމެއް ނުވާނެ ދުވަސްކޮޅަކުން. މީދެން ތަންފުކެއް ބޮޑުވަރު.... މީ ލާރި ހޯދަންވެގެން ޖަހާ މަޅި. މަގުމައްޗައް އަޅަން ވީީ
ހަބޭސް13
03 August 2017
ނުވާވަރު ކަންތަކާހަވާލްނުވާނި ރުފިޔާގެދަހިވެތިކަމުގަ އާންމުންގެހިއްތަކަކުގަބިރުވެރިކަންއުފައްދާފަ ޖޫރިމަނާކުރާނަން ފިޔަވަޅުއަޅާނަން އަބަދުވިސްއަދަބެއްނުދެވވިގެން
ހަބޭސް13
03 August 2017
ސިންގަޕޫރައްދިޔަކުއްޖަކުބުނެލަދީބަލަ މާލެ ސިންގަޕޫރާހަމައެހާވައްތަރީތަ މިހާރުމާލެތެރޭފެންނަނީ ކުނިކޯތަޅު މިއީތޯ ހަމަސިންގަޕޫރު
އަލީ
03 August 2017
ސިންގަޕޫރު ކިޔަން އެންގެނީ.. ހުވަފެނުންވެސް އެމީހުނަށް ސިންގަޕޫރު ނުފެނެ.
ތިމާވެށި
03 August 2017
ކޮންމެ ކަމެއް ސިޔާސީ ކޮށްގެން ކާކަށްތަ ގެއްލުން ވާނީ މަގުމައްޗައް ކުނި އުކާގެން... ހަމަ ނިކަމެތި ރައްޔިތުންނަށް ނޫންބާ؟ ވެރިން އުޅޭނީ ޕްރައިވެޓް ކާރު ކޮޅު ތަކުގައި އެވެރިންނަށް ކުނީގެ އަސަރެއް ނުކުރާނެ ، ހަމަ ދެރަ ރައްޔިތުންނަށް ބަލިމަޑު ކަމެއް އަޔަސް ނުރައްކާ ވާނީ، ތިޔަހެން ނުހައްދަވާ ކުނި މަގުތަކަށް ނާޅަބަލަ
އަސޭލާ
03 August 2017
ހުރިހާ ދޮރެއް ބަންދުވީމާ މަގުމައްޗަށްވެސް އަޅާނެ. އަދި ތިކިޔާ ވެމްކޯއަށްވެސް ކުނިގެންދާނެ. ކީތްކުރާނީ މިއޮތީވާ ސަރުކާރެއް. ހަދާނެ ނަހަދާނެ ކުރާނެ ނުކުރާނެ ކަމެއް ނޭގޮގެންއުޅޭބައެއްމީ. ރައްޔިތުންނަށް ދުއްތުރާކުރަމުން 2018 އަށް ކެމްޕެއިންކުރަމުން ސިޔާސީ މީހުން ހައްޔަރުކުރުން.
އިސްމާއިލް
03 August 2017
މަގުމައްޗަށޭ؟؟ ބަލަ މަޖްލިސް ގަ ފުރިފަ އެއޮތީ ހައްޕުޑު. ކުނި!