އެސްޓީއޯ ސުޕަމާޓުން ކިޓްކޯ ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި

ޔޫއޭއީގެ މަޝްހޫރު ލުއިކާނާގެ ބްރޭންޑެއް ކަމަށްވާ ކިޓްކޯގެ އުފެއްދުންތައް އެސްޓީއޯ ސުޕަމާޓުން ތައާރަފްކޮށް، ވިއްކަން ފަށައިފި އެވެ.


އެސްޓީއޯ އިން ބުނީ ކިޓްކޯ ބްރޭންގެ ތަފާތު ހަތަރު ވައްތަރެއްގެ އުފެއްދުންތައް ވިއްކަން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކިޓްކޯ ސްޓިކްސް، ކެޓެލް ކުކްޑް ޗިޕްސް، ޕެންޑާ ހޫޕްސް އަދި ލައިޓް ޗީޒް ބޯލްސް އެވެ. އެ ހަތަރު ވައްތަރުގެ 29 ރަހައެއްގެ އުފެއްދުންތައް ވިއްކާނެ އެވެ.

ބާޒާރުގައި ލިބެންހުރި ބްރޭންޑް ތަކާ އަޅާބަލާއިރު ކިޓްކޯ ބްރޭންޑްގެ އަގު 50-70 ޕަސެންޓާ ދެމެދު ހެޔޮވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އަދި ކިޓްކޯ ބްރޭންޑް ރަސްމީކޮށް ތައާރަފްކުރާނީ އަންނަ މަހު ކަމަށާއި، އެއާ އެކު ސުޕަމާޓްގައި ޗިޕްސް އެންޑް ސްނެކްސް ފެސްޓިވަލެއް ބާއްވައި، ވަރަށް ކުލަގަދަ ގޮތެއްގައި ހަރަކާތްތަކެއް ހިންގާނެ އެވެ.

ކިޓްކޯ އަކީ 1926 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ބްރޭންޑެކެވެ. ކިޓްކޯ އަކީ ޔޫއޭއީގެ އިތުރުން މެދު އިރުމަތީގެ އެންމެ މަޝްހޫރު ސްނެކްސް ބްރޭންޑެވެ.