މާވަރުލުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުން، މިނިސްޓަރު ޒަމީރު (ކ-3) އާއި ޒިއަތު (ކ-2) ބަދަލު ކުރައްވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 މާޗް 2018 - 13:48
ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް 57 މިލިއަން ރުފިޔާ އަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މާވާރުލު އެއާޕޯޓުގައި ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ އިތުރުން ޖެޓީ ހެދުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެމްޓީސީސީން ބުނި ގޮތުގައި އަމާޒަކީ މާވާރުލު އެއާޕޯޓު 160 ދުވަސް ތެރޭގައި ނިންމުމެވެ.
މާވާރުލު އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރެއްވިއިރު، އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މާވާރުލުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެހެން ރަށްރަށުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރަށްރަށުގައި އަޅާ އެއާޕޯޓުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާވެ، އާންމު ރައްޔިތުންނަށް އެކަމުގެ ފަސޭހަކަން ލިބިގެންދާނެ އެވެ. އަދި ހުވަދުއަތޮޅަކީ ބޮޑު އަތޮޅަކަށްވެފައި، ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. އަދި ފ. އަތޮޅާއި ޅ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ މުހިންމުކަން ވެސް ޒަމީރު ފާހަގަކުރެއްވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޒިއަތު (ކ) ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މިހާރު މަސައްކަތް ހިނގަމުންދާ ހަތަރު އެއާޕޯޓުގެ ތެރެއިން ތިން އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީސީން. އަނެއް އެއާޕޯޓަކީ ބޭރުގެ ހިލޭ އެހީގެ ދަށުން ސިންގަޕޫރުގެ ކޮންޓްރެކްޓަރަކާ ހަވާލު ކުރެވިގެން ހިންގަމުން އަންނަ ޕްރޮޖެކްޓެއް،" ޒަމީރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޒިއަތު ވިދާޅުވީ މާވާރުލުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް 5 މަސް ދުވަހަށް ވުރެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މާވާރުލު އެއާޕޯޓު އެޅުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް ޒިއަތު ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 21 ގައި ވިދާޅުވީ ކުޅުދުއްފުއްޓާއި ފުނަދު އާއި މާފަރާއި މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް ނިމޭނެ ކަމަށެވެ. އަދި ހޯރަފުއްޓާ އެއްފަޅެއްގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ޔާމީންގެ ރިއާސީ ބަޔާނުގައި ފާހަގަކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޓީސީސީން ބުނީ މާވަރުލުގައި އަޅާނީ 1،200 މީޓަރުގެ ދިގު ރަންވޭއެއް ކަމަށެވެ. މިއީ އެހެން ޑޮމެސްޓިކް އެއާޕޯޓުތަކާ އެއްގޮތަށް އަޅާ އެއާޕޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއަރޕޯޓް
18 March 2018
އެއަރޕޯޓް އެޅުމުގެމާހިރުންވިޔާ! ހައިރާނެއްނުވެ!
ޢަދުނާން އަލީ
15 March 2018
ހުޅުދެލީގެ ނަރުދަމާ އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލު ކުރިތާ ހަތަރު އަހަރުވީއވެ.އަދިވެސް ޚިދުމަތް ނުދެވެއެވެ.
ޒީނީ
15 March 2018
ކޮބާހޭ ޅ. އަތޮޅު އެއާޕޯޓް
އާއާއާއާއާ
15 March 2018
މާވާރުލުގައި އެއާޕޯޓު އަޅަން 57 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް ހަވާލު ކުރުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. ރާއްޖޭގެ ހުރިހާ އެއާރޕޯރޓްްސް ތައް ހަދަން ދޭންވީއޭ އެމްޓީސީސީ އަށް އެއިރުން އެމްޓީސީސީ އަށް ލިބޭ ފައިދާ އިން މާލެ ގުޅިފަޅު އެއްކޮށް ހިއްކާލާ މާލެ އާއި ގުޅި ފަޅާއި ދެމެދު ބްރިޖް އަޅާލާ ގުޅި ފަޅުން މާލޭގައި ވިޔަފާރި ކުރާ ހުރިހާ އަމިއްލަ ކުންފުނި ތަކަށް ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިމެއް 100 އަހަރު ދުވަސް ވަން ދެން ކުއްޔަށް އެއްވެސް ބަދަލެއް ނާންނާނެ އުސޫލުން ދީ މާލެ ސަރަހައްދަކީ ސާރކް ގައި އޮތް އެންމެ ޕޮޓެންޝަލް ބޮޑު ވިޔަފާރި ކުރެވޭ ތަނަކަށް ހަދާނެ ކަމަށް މަމެން މިދެކެނީ. އައި އޭމް ވޮންޑަރިންގް އެމްޑީޕީ ކޭން ވިން ފްރޮމް އަސް ކޭން ދޭ ބީ އާއާ ކޭންދޭ ބީ އާއާ ކޭން ދޭ ބީ އާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...
ރަދީފް
15 March 2018
މަރުހަބާ ހުވަދު އޮތޮޅު ރައްޔަތުން.މެޑަލް ޖަހަން މި 2 މެމްބަރުން މިތާ ތިބެންޖެހޭ ދޯ.
ރެޓޭ
15 March 2018
އައްޑޫ ޑޮކްޓަރު އަންނި ކިޔާ މީހަކުވެސް ވެރިކަމަށް ގެނަޔޭ. އޭނަޔާ އޭނަގެ މިނިސްޓރުންނަށް ދައުލަތުން މުސާރަ ނުދޭތަ؟ އޭނާ ރައްޔަތުންނަށް ކޮށދިނީ ކޮންކަމެއް؟؟؟؟
އަންފާލު.
15 March 2018
ރައީސް ޔާމީން ވިދާޅުވެފަ އޮތީ 2018 ގަ ކެންފޭނަށް މިރަށަށް ޖަންސާނި ހޯރަ އެއް ނޫނޭ ފުލެޓޭ ޖަންސާނި. އެކަމް ދައުރު ނިމޭއިރުވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރާތަނެއް ނުފެނޭ.
ފެނޭފެނޭދޯ
15 March 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ޔަގީީނޭ
15 March 2018
ދެން ތިޔާ މަސައްކަތް ދާނެ ކުރިއަށް. އެއީ ޔަގީންވެ ކަށަވަރުވާ ކަމެކެވެ. އެމްޑީޕީގެ ވެރިކަމުގައި ކަން ވީ ހެން ނުވާނެ ކަން މަމެންނަށް ޔަގީނެވެ.
ހޯރަފުށީ ދާއިރާ
15 March 2018
ސަރުކާރުން ރަށްއިތުންނަށް ދަޅަ ނުދައްކާ އެއާރފޯޓް މަސައްކަތް ކުރާނެބަޔަކާ ވީހާވެސް އަވަހަކަށް ހަވާލު ކޮށްދީ.