ރ. އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި އެވެ.
އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައި ދެއްވީ އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނާއި އެ މަޝްރޫއު ހަވާލުވެފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާނެވެ.
އެމްޓީސީސީން ބުނީ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ނިމުމުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެރަށުން ފުރައިގެން ކައިރި އެހެން އަތޮޅުތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އަލިފުށީ އެއާޕޯޓްގެ އަމަލީގެ މަސައްކަތް ކުރިން ފަށާފައިވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދަނީ އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއުއާ ވެސް އެއްކޮށެވެ. އެ މަޝްރޫއުގެ ދަށުން އެރަށުން 50 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އެ ދެ މަޝްރޫއުއަށް ދައުލަތުން 451 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.