ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހެދުމަށް އެންސިސް ފިޝަރީޒްއިން އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސަލާމްކުރައްވަނީ. ފޮޓޯ: އެޗްޑީސީ
01 އޯގަސްޓް 2016 - 16:21
ހުޅުމާލޭ ވޯޓަ ފްރަންޓް އޭރިއާގައި 94 އެޕާޓްމަންޓް ހިމެނޭގޮތަށް މިކްސް ޔޫސް ރެސިޑެންޝަލް އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ހަދަން އެންސިސް ފިޝަރީޒްއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އެންސިސް ފިޝަރީޒުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމެވެ. އެންސިސް އިން ބުނިގޮތުގައި ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ސިޓީ ހޮޓާ ކައިރި، ފިތުރޯނުމަގުގައި އިމާރާތްކުރާ ސީވިއު އެޕާޓްމަންޓް ކޮޕްލެކްސްގައި ތިން ކޮޓަރީގެ 45 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓް، އެއް ކޮޓަރީ 13 އެޕާޓްމަންޓް އަދި 10 ޕެންޓް ހައުސް ހިމެނެ އެވެ. އޭގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި މެއިޑް ރޫމް ހިމަނާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެންސިސް އިން ހުޅުމާލޭގައި ހަދަން ފަށާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ކުރެހުމެއް.
އެންސިސް އިން ބުނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ސްވިމިން ޕޫލަކާއި ކިޑްސް ސްވިމިން ޕޫލަކާއި ޖަކޫޒީ ޕޫލަކާއި ހެލްތް ކްލަބެއް އަދި ބޭސްމަންޓް ޕާކިން އޭރިއާއެއް ވެސް ހުންނާނެ ކަމަށެވެ. އަދި އެތަނުގައި ކޮމާޝަލް ފިހާރަތަކާއި، ފަންކްޝަން ހޯލާއި މީޓިން ރޫމް ފަދަ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ. މި އެޕާޓްމަންޓް ކޮމްޕްލެކްސް އަކީ އެންސިސް އިން ހުޅުމާލޭގައި ތަރައްގީކުރާ ދެ ވަނަ އެޕާޓްމަންޓް ކޮމްޕްލެކްސް ޕްރޮޖެކްޓެވެ. މީގެ ކުރިން ހުޅުމާލޭގައި އެންސިސްއިން ވަނީ "ސައިމާ-ރެސިޑެންސް" ގެ ނަމުގައި 10 އެޕާޓްމަންޓް ހިމެނޭ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ހަދައިފަ އެވެ. އެންސިސް އިން ބުނީ އަލަށް ހަދާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ އެޕާޓްމަންޓްތައް އޮންލައިންކޮށް ޕްރީ ބުކް ކުރެވޭނެ ކަމަށެވެ. އޮންލައިން ބުކިން، www.nirutha.comއިން ހެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރިގޮތް
02 August 2016
އާދައިގެ މީހަކަށް ކެތްކުރެވޭ ވަރުގެ އަގެއްގައ ލިބޭނެތޯ؟ މުޅިންވެސް މުއްސަދިންނަށް އެޕާރޓްމަންޓް ލިބޭގޮތްތައްތޯ ޔޫތް ސިޓީ އޮތީ؟
އަލީ
02 August 2016
ކިތައް ޕަސްންޓް ޕާޓީއަށް ލިބޭގޮތަށްތޯ؟ ޔަގީނުންވެސް ކެމްޕެއިންފަންޑަށް ފައިސާ ނުލިބޭގޮތަށް މިކަހަލަ ޕްރޮޖެކްޓެއް މަސްކުންފުންޏަކަށް ނުލިބޭނެ.
ޝިފާގު
02 August 2016
ޕާޓީއަށް 3 ލައްކަ ޑޮލަރު
ގގ
02 August 2016
2018 ގެ ކެމްޕޭނަ ފައިސާ އެއްކުރުން، ފަޤީރަކަށް ބިންކޮޅެއްހާވެސް ނުދީ މުއްސަދިން ބައިއަލާއިގެން ހަމަ ބަހަނީ!
އެކޮނަމިސްޓް
02 August 2016
ތި ދަނީ ރަނގަޅަށް މަސްގަންނަން ބޯޓް ފަހަރު ހަދައިގެން ތިބި މީހުންނަށް ހަވާލުކުރަން ވާނީ ގެދޮރު އަޅަން ގެދޮރު އަޅަން ކުންފުނިތައް ހަދައިގެން ތިބޭ މީހުންނަށް ހަވާލުކުރާނީ މަސްގަންނަން އެއީ ޕުލޭނު ހެދީމަ ނަތީޖާ އަންނަ ގޮތް އެހެންނޫނަސް ބައިގެ މީހުންނަށް މިދެގޮތުން ބޮޑު އެއްޗެއް ލިބޭނީ ކޮންގޮތަކަށްތޯ ވިސްނުން ބަހައްޓަން ޖެހޭނެ ފިސްނާ ފިކުރުކުރާ ބަޔަކަށް އިބްރަތެއް ކަމުގަވާހުށި
ޙހ
01 August 2016
ކޮޔެފުޅާ މިއީ މަސްވިއްކާ ބައެއް
ވަދޫދު
01 August 2016
އެޕާރޓްމަންޓް ތަކުގެ އަގުތައް ޖަހާލިނަމަ ދޯ!!!
ދޮން އާމިރު
01 August 2016
އެންސިސް ސަޅި....އަތްފޯރާވަރުކޮށްދެއްވައްޗޭ..