ސިންގަޕޯ އެއާލައިންގެ ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް

ސިންގަޕޯ އެއާލައިނުން، ލަގްޒަރީ ހިދުމަތްތައް ދޭ ޑްރީމްލައިނާ 10-787 ގެ ހިދުމަތް ރާއްޖެ އަށް ރަސްމީކޮށް ފަށައިފި އެވެ.


މި ދަތުރުތައް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖުލައި މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ސޮއިކުރެއްވި އޯޕަން ސްކައިސް އެގްރީމެންޓްގެ ދަށުންނެވެ.

މުޅި ދުނިޔޭގައި އެންމެ ލަގްޒަރީ ހިދުމަތްތައް ދޭ އެއް ބޯޓުތަކުގެ ތެރޭގައި ޑްރީމްލައިނާ ހިމެނެ އެވެ. މީގެ ބޯޓުތަކުގައި ބިޒްނަސް ކްލާހުގެ 30 ސީޓް އެނދު ހުންނާނެ އެވެ.އަދި ބޭނުންވާ ކެއުމަކަށް ދަތުރުގެ ކުރިން އޯޑަރު ކުރެވޭނެ އެވެ.

މީގެ އިތުރުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންނަށް ލަގޭޖް ބެހެއްޓުމަށް ބޮޑު ޖާގައެއް ލިބެ އެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށްޓަކައި ގިނަ ޖޯންރާތަކެއްގެ ފިލްމުތަކާއި ލަވަ އަޑު އެހުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޑްރީމްލައިނާ 787-10 މަރުކާގެ ބޯޓެއްގެ އިކޮނޮމީ ކްލާސް.--ފޮޓޯ:ސިންގަޕޯއެއާލައިން

ސިންގަޕޫރުން ރާއްޖެ އަށް 1984 ވަނަ އަހަރުން ފެށިގެން ވައިގެ މަގުން ދަތުރުތައް ކުރަމުން އަންނައިރު އޭގެ ތެރޭގައި ތިން އެއާލައިނެއް ހިމެނެ އެވެ. އެއީ ސިންގަޕޯ އެއާލައިނާއި ބަޖެޓް ދެ އެއާލައިން ކަމަށްވާ ސިލްކް އެއާ އާއި ސްކޫޓެވެ.