ކޮކޯ ޝީކް މާދަމާ ރޭ ރަސްމީކޮށް ހުޅުވަނީ

ބިއުޓީ ޓްރީޓްމަންޓްތަކަށް ހާއްސަ ކޮކޯ ޝިކް މާދަމާ ރޭ ރަސްމީކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.


މާދަމާ ރޭ އޮންނަ ރަސްމިއްޔާތެއްގައި މި ސެލޫން ރަސްމީކޮށް ހުޅުވައިދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑި ފަޒްނާ އަހުމަދު އެވެ.

މި ހަފްލާގައި ކޮކޯ ޝީކްގެ ކަސްޓަމަރުންގެ އިތުރުން ކުންފުނިތަކުގެ އިސް ފަރާތްތަކާއި އެކި ގައުމުތަކުގެ ސަޕްލަޔަރުން ވެސް ބައިވެރިވާނެ އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކަށް އެ ސެލޫންގެ ލޯޔަލްޓީ ކާޑު ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ކާޑުގެ މުއްދަތަކީ އެއް އަހަރެވެ.

ކޮކޯ ޝީކްގެ ޑިރެކްޓަރު އައިޝަތު އަފްރާ މުހައްމަދު (އަނާ) ވިދާޅުވީ ކޮކޯ ޝީކް ރަސްމީކޮށް ހުޅުވާއިރު އެ ސެލޫންގެ ހަމުގެ ކްލިނިކްގެ ހިދުމަތްތައް ވެސް ރަސްމީކޮށް ފަށާނެ ކަމަށެވެ.

މި ކްލިނިކްގައި ހަންގަނޑު ރީތިކޮށް ބަހައްޓަން ތަފާތު ފަރުވާތައް ލިބޭނެ ކަމަށް އަނާ ވިދާޅުވި އެވެ.

ކޮކޯ ޝީކްގެ ހަމުގެ ކްލިނިކުން އެޕޮއިންޓްމަންޓް ދޫކުރާނީ ހުކުރާއި އާދީއްތަ ދުވަހު އެވެ.

ކޮކޯ ޝީކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބިއުޓީ ޓްރީޓްމަންޓްތައް ފޯރުކޮށްދެމުން އަންނަ ސެލޫން އެވެ.