ޑިޒްނީ: ކުޑައިރުން ފެށިގެން ދިވެހިންނާ ގުޅިފައި!

އަހަރެމެން ކުޑައިރު، އެންމެ އުފާވާ ގަޑިއަކީ ކާޓޫނު ބަލާ ގަޑި އެވެ. އަދި އެ މީހަކު އެންމެ ޝައުގުވެރިވާ ކާޓޫން ނުވަތަ ފިލްމެއް އަންނަ ގަޑިއަށް ގޭގެ ހުރިހާ ކޮއްކޮމެން، ދައްތަމެން އަދި ބޭބެމެންނާ އެކު ޓީވީ ބަލަން އެ ގަޑިއަކަށް އިންތިޒާރު ކުރެ އެވެ.


ދިވެހިންގެ ތެރޭގައި އެގޮތަށް އެންމެ މަގުބޫލުކަން ލިބިފައިވާ ޗެނަލްތަކުގެ ތެރޭގައި ޑިޒްނީގެ ޗެނަލްތަކާއި ޑީޒްނީގެ ކާޓޫން އަދި ފިލްމުތައް ވަރަށް މަޝްހޫރެވެ. ޑިޒްނީގެ ފިލްމުތަކުގެ ހުންނަ ޝައުގުވެރި ވާހަކަތައް ގެނެސްދީފައިވާ ގޮތް ދުނިޔޭގެ އެންމެންގެ ސިކުނޑީގައި ވަނީ ހަރުލައިފަ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ޑިޒްނީގެ ޗެނަލްތަކުގެ ފޭނުން މުޅި ދުނިޔޭގައި އިތުރުވެފައިވާ މިންވަރެވެ.

ޑިޒްނީން ގެނެސްދީފައިވާ ގިނަ ފިލްމު، ކާޓޫން އަދި ޝޯތައް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. ކުޑައިރުން ފެނިގެން ޑިޒްނީގެ ކެރެކްޓާތަކާއި ފިލްމުތައް ހަނދާނުގައި ވަނީ ހަރުލައިފަ އެވެ. ކުޑައިރު އުފަންދުވަހުގެ ޕާޓީގެ ތީމްތަކުން ސްކޫލްގެ ކޮންސެޓުން ފެށިގެން ޑިޒްނީގެ ކެރެކްޓާތައް ފެނުމަކީ މިކަމުގެ ހެއްކެކެވެ.

ޑިޒްނީގެ މަޝްހޫރު ކާޓޫންތަކުގެ ތެރޭގައި ހިމެނޭ ފްރޯޒަން، ލަޔަން ކިންގް، މިކީ މައުސް، ސްޕައިޑާ މޭން، ހަނާ މޮންޓާނާ ފަދަ ފިލްމުތަކަކީ މިހާރު ސިނަމާގައި އެޅުވިޔަސް ދިވެހިންގެ ތެރޭގައި ހައުސް ފުލްވާނެ ޝޯތަކެއް ކަން ޔަގީނެވެ. އަދި ޓީވީ ޗެނަލުން ކޮންމެ ދުވަހަކު ދެއްކިޔަސް އެބަލަން ފޫހިކަމެއް ނެތި ތިބެވޭނެ ޝޯތަކެވެ.

ޑިޒްނީގެ މެލެފިޝެންޓްގެ މަންޒަރެއް--

ޑިޒްނީގެ އެންމެ ހާއްސަ ކަމަކީ މި ފިލްމްތައް އެ މީހުންގެ އުފެއްދުންތައް ހުރިހާ އުމުރެއްގެ މީހުން ވެސް ޝައުގުވެރިކަމާއި ފޫހިކަމެއް ނެތި ބަލާލެވޭ ކަމެވެ. ކުޑަކުދިންނަށް ބަލާލެވޭ ހުރިހާ ޗެނަލްތަކުގެ ތެރެއިން ވެސް ޑިޒްނީގެ ޗެނަލްތަކަށް ދިވެހިންގެ މެދުގައި ވެސް ޑިމާންޑް މިހާ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ.

ޑިޒްނީގެ އަމާޒަކީ އެ މީހުންގެ ކޮންޓެންޓް އާއިލާގެ ކޮންމެ މެމްބަރަކު ވެސް ހިތްހަމަޖެހުމާ އެކު ބަލާލެވޭނެ އެއްޗެއްގެ ގޮތުގައި ގެނެސްދިނުމެވެ.

ރާއްޖޭގައި ޑިޒްނީ ގެ ހުރިހާ ޗެނަލްތަކެއް މިހާރު ބަލާލެވެއެވެ. އެއީ ހަމައެކަނި ދިރާގު ޓީވީ މެދުވެރިކޮށެވެ. އެގޮތުން ދިރާގު ޓީވީން ޑިސްނީ ޗެނަލް އާއި މާވެލް އެޗްކިއު އާއި ޑިސްނީ ޖޫއާރް އާއި ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ ލިބެއެވެ. އެހެން ކަމުން ދިރާގު ޓީވީން ގެނެސްދޭ ޑިސްނީ ޗެނަލްތައް މުޅި އާއިލާއާ އެކު އެއްވެސް ފޫހިކަމެއް ނެތި ގިނަ ބަޔަކު ބަލަމުން އަންނަ ކަމީ މި ޗެނަލް އަށް ލިބެމުންދާ ތަރުހީބުގެ ހެއްކެކެވެ.

ދިރާގުން ހުޅުވާލާފައިވާ ޕްރޮމޯޝަން--

ކުޑަކުދިންގެ މެދުގައި މި ޗެނަލްގެ މަގުބޫލުކަމާ އެކު ކޮންމެ ކުޑަކުއްޖަކު ވެސް ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ޑްރީމް ކުރާނީ ޑިސްނީ ލޭންޑް އަށެވެ. ޑިސްނީ ލޭންޑަށް އެ ކުދިން އާއިލާ އާ އެކު ގެންދިއުމަށް ދިރާގުން މިހާރު ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ގެ ދަށުން ޑިޒްނީ ކެރެކްޓާތަކާ އެކީގައި، އެތަން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު މިއޮތީ ފަހިވެފަ އެވެ.

މި ޕޮރޮމޯޝަނުގައި ދިރާގު ޓީވީ މިހާރު ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރުން އަލަށް ދިރާގު ޓީވީ ކަނެކްޝަން ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ހުރިހާ ހަރަދަކާ އެކު ފަސް ދުވަހަށް ޝެންހާއި ގައި ހުންނަ ޑިޒްނީ ލޭންޑަށް އާއިލާއާ އެއްކޮށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ރަނުގެ ފުރުސަތެކެވެ.