ރެޑް ވޭވުން ހައިސެންސް ޓީވީ ޕްރީ އޯޑަރަށް ހުޅުވާލައިފި

އެންމެ ޒަމާނީ އިލެކްޓްރޯނިކްސް ސާމާނު އުފައްދާ އެއް ކުންފުނި "ހައިސެންސް" ބްރޭންޑުގެ ޓީވީ އަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ރެޑް ވޭވުން ހުޅުވާލައިފި އެވެ.


ރެޑްވޭވް އަށް މިހާރު ވަނީ ހައިސެންސްގެ ރާއްޖޭގެ ޑިސްޓްރިިއުޓަރުގެ ހުއްދަ ލިބިފަ އެވެ. އެ ކުންފުނިން ހައިސެންސް ޓީވީ ރާއްޖެ އަށް އެތެރެ ކުރާނީ ސީދާ ހައިސެންސް ކުންފުނިންނެވެ. މި ޓީވީތައް ޕްރީ އޯޑަރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް ޓީވީ ލިބޭނެ އެވެ.

ޕްރީ އޯޑަރު ކުރާ މީހުން، ޓީވީގެ އަގުގެ 70 ޕަސެންޓް އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހެ އެވެ. ޕްރީ އޯޑަރު ކުރާ މީހުންނާ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފުތާގައި ޓީވީތައް ހަވާލު ކުރާނެ ކަމަށް ރެޑް ވޭވުން ބުންޏެވެ.

އެ ފިހާރަ އިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް އެޗްޑީ އާއި ފުލް އެޗްޑީ އަދި ލެޑް ޔޫއެޗްޑީގެ އިތުރުން ލޭޒާ ޓީވީ ހިމެނެ އެވެ.

ޕްރިއޯޑާ ކުރެވޭ އަގުތައް:

32 އިންޗީގެ އެލްއީޑީ އެޗްޑީ ޓީވީ - 1،590ރ.

43 އިންޗީގެ އެލްއީޑީ ފުލްއެޗްޑީ ޓީވީ - 3،145ރ.

50 އިންޗީގެ ފުލް އެޗްޑީ ފޯކޭ ސްމާޓް ޓީވީ - 4،790ރ.

65 އިންޗީގެ ފުލް އެޗްޑީ ފޯކޭ ސްމާޓް ޓީވީ - 8،390ރ.

70 އިންޗީގެ ޔޫއެޗްޑީ ފޯކޭ ސްމާޓް ޓީވީ - 20،790ރ.

100 އިންޗީގެ ލޭޒާ ފޯކޭ ސްމާޓް ޓީވީ - 94،990ރ.

ހައިސެންސް ޓީވީ ރެޑް ވޭވުން ލިބޭނީ އެއް އަހަރު ދުވަހުގެ ވޮރަންޓީއާ އެކު އެވެ. މި މުއްދަތުގައި ޓީވީ އަށް އެއްވެސް ގެއްލުމެއް ވެއްޖެ ނަމަ ރެޑް ވޭވުން ފުލް ސާވިސް ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ރެޑް ވޭވުން ބުނިގޮތުގައި، "ހައިސެންސް" ޝޯ ރޫމެއް ވަރަށް އަވަހަށް ހުޅުވާނެ އެވެ.

ހައިސެންސަކީ ބޮޑެތި އެޕްލަޔަންސާއި އިލެކްޓްރޯނިކް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ނަން ހިނގާ އެއް ބްރޭންޑެވެ. މިއީ، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް ސްޕޮންސަރެވެ. އަދި އަންނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާޓްނަރަކީ ވެސް ހައިސެންސެވެ.