ހަންގަަނޑު ހުދުވެފައިވާ ބާބީއެއް.
29 ޖެނުއަރީ 2020 - 07:13
އަންހެން ކުދިންގެ މެދުގައި މަގުބޫލު ބާބީ ބުދުގެ ކަލެކްޝަންގެ ތެރެއިން މި އަހަރު ވިޓިލިގޯ ނުވަތަ ހުދުބަލި ރަމްޒުކޮށްދޭ ބާބީ ވެސް ނެރެން ނިންމައިފި އެވެ.
ބާބީ އުފައްދާ އެމެރިކާގެ ކުންފުނި މެޓެލް އިން ފަސް އަހަރު ކުރިން ފެށިގެން އަންނަނީ ކުލަ އާއި ނަސްލާއި ތަފާތު ކުރުންތަކާއި ނުކުޅެދުންތެރިކަމާއި އެ ނޫން ވެސް އެކި ކަހަލަ ކަންކަން ތަޖުރިބާކުރާ މީހުން ރަމްޒުކޮށްދޭ ބުދުތައް ނެރެމުންނެވެ.
އެގޮތުން މި އަހަރު މުޅިން އަލަށް، ހުދުބަލީގެ ބާބީއާ އެކު، ނެރެން ނިންމާފައިވާ ކަލެކްޝަނުގެ ތެރޭގައި ބޯ ތަލަ ބާބީ ވެސް ހިމެނެ އެވެ. މެޓެލް އިން ބުނިގޮތުގައި މި އަހަރުގެ އެކި ހިސާބު، އެކި ކަންކަން ރަމްޒުކޮށްދޭ ބާބީތައް ނެެރޭނެ އެވެ.
ބާބީގެ ކަލެކްޝަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީއާ އެކު ފަސް ވައްތަރެއްގެ ހަށިގަނޑާއި 22 ވައްތަރެއްގެ ހަމާއި 76 ސްޓައިލްގެ އިސްތަށިގަނޑާއި ލޮލުގެ ކުލަ ތަފާތު 13 ވައްތަރެއްގެ ބާބީ ނެރެފައިވެ އެވެ. އޭގެ ތެރޭގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ރަމްޒުކޮށްދޭ ބާބީ ވެސް ހިމެނެ އެވެ.
ބާބީގެ ކަލެކްޝަނެއް.
މި އަހަރު ނެރޭ ކަލެކްޝަނުގެ ތެރޭގައި ހަޔަރު ވައްތަރެއްގެ ހަށިގަނޑާއި 13 ޓޯނެއްގެ ހަމާއި ތަފާތު ނުވަ ވައްތަރެއްގެ ލޮލާއި 22 ކުލައެއްގެ އިސްތަށިގަނޑު ހުންނަ ބާބީ ނެރޭނެ އެވެ.
މެޓެލްގެ ނައިބު ރައީސް ކިމް ކަލްމޯން ވިދާޅުވީ ބާބީތަކަށް ގެންނަ ބަދަލުތަކުން ދައްކުވައިދޭނީ "ރިފްލެކްޝަން އޮފް ކަލްޗާ" ކަމަށެވެ. އެގޮތުން އެންމެ ހާއްސަ ކަމަކީ ތަފާތުކުރުންތައް ނައްތައިލުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނިއާދަން
29 January 2020
ފިރެހެން ބާބީއެއް ނުނެރޭތަ؟
ތުއްތުނާ
29 January 2020
ފޮޓޯއަށް ވަރަށް ރަނގަޅަށް ފުން ނޭވާއެއް ލުމަށްފަހު ބަލާލަބަލަ ....... ފިރިހެނަކުވެސް އެބައިން، އެކަމަކުވެސް އަންހެން ހައްދާފައި ...... މިއީ ވަރަށް ދުރާލައި ވިސްނައިގެން ފަރަންޖީން ހިންގާ ބޮޑެތި ޖަޒީރާ...... ދެން އަހަރުމެން މިކަމަށް ވެސް ސަޕޯޓް ކުރަންވީ..... މިއީ ވަރަށް ނުބައި މަންޒަރެއް ކަން ޝައްކެއްވެސް ނެތް.....
ބަނިއާދަން
30 January 2020
އެއީ ހަށިގަނޑު ވަރުގަދަކޮށް ފިރެހެން ހައްދާފަ ހުރި އަންހެނެއް ނޫންތަ