ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ހުޅުމާލޭގައި ތަރައްގީކުރާ، އަކުއާ ވިޓާ ރެޒިޑެންސީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަކުއާ ވިޓާ އިން ބުނި ދޭގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީން ޑިސެމްބަރު މަހުގެ ނިޔަލަށް ސްޓްރަކްޗާގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ރޭނުމުގެ 20 ޕަސެންޓު ވެސް ޑިސެމްބަރުގެ ނިޔަލަށް ނިމިފައިވާ ކަމަށް ބުންޏެވެ. މި ޕްރޮޖެކްޓް ފެށީ 2018 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.

އަކުއާ ވިޓާ ރެސިޑެންސީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނޭ-- ފޮޓޯ: އަކުއާ ވިޓާ
އަކުއާ ވިޓާ ރެސިޑެންސީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެކުންފުނިން ބުނޭ-- ފޮޓޯ: އަކުއާ ވިޓާ

ޒަމާނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި އެޕްޓާޓްމަންޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާ ޖާގައިގެ ގޮތުން ބޮޑު އެޕާޓްމަންޓުތަކެކެވެ. މި ރެޒިޑެންސީގައި ހުންނާނީ ދެ ކޮޓަރި، މެއިޑް ރޫމު އާއި ތިން ކޮޓަރި، މެއިޑް ރޫމު އަދި މީގެ އިތުރުން ޕެންޓްހައުސް ހިމެނޭ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ.

އަކުއާ ވިޓާ ރެޒިޑެންސީގެ ބަދިގެތައް ހުންނާނެ ގޮތުގެ މިސާލެއް-- ފޮޓޯ: އަކުއާ ވިޓާ
އަކުއާ ވިޓާ ރެޒިޑެންސީގެ ބަދިގެތައް ހުންނާނެ ގޮތުގެ މިސާލެއް-- ފޮޓޯ: އަކުއާ ވިޓާ

މި ރެސިޑެންސީގައި ޖިމަކާއި ސްވިމިން ޕޫލެއް އަދި ކުޑަކުދިންގެ ކުޅޭ އޭރިއާއަކާއި ބާބަކިއު އަށް ހާއްސަ ސަރަހައްދެއް ވެސް ހުންނާނެ އެވެ. އަދި ރެޒިޑެންސީގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކިން ސަރަހައްދަކާއި އިވެންޓްތައް ބާއްވާނެ އިވެންޓް ހޯލެއްގެ އިތުރުން މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބާއްވާ ސަރަހައްދެއް ވެސް ހުންނާނެ އެވެ.

އަކުއާ ވިޓާ ރެޒިޑެންސީ އެޕާޓްމަންޓުތަކުގެ އެތެރެ ހުންނާނެ ގޮތުގެ މިސާލެއް-- ފޮޓޯ: އަކުއާ ވިޓާ
އަކުއާ ވިޓާ ރެޒިޑެންސީ އެޕާޓްމަންޓުތަކުގެ އެތެރެ ހުންނާނެ ގޮތުގެ މިސާލެއް-- ފޮޓޯ: އަކުއާ ވިޓާ

މީގެ އިތުރުން ހުޅުމާލެއިން ކަރަންޓު ދާ ހާލަތްތަކުގައި އަމިއްލައަށް ކަރަންޓު ދިނުމުގެ ގޮތުން ބެކަޕް ޖަނެރޭޓަރެއް ވެސް ހުންނާނެ އެވެ.

އަކުއާ ވިޓާއިން މިހާރު ވަނީ މި ރެޒިޑެންސީން އެޕާޓްމަންޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. މި އެޕާޓްމެންޓުތައް ބަލާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އެކުއާ ވިޓާގެ ނަންބަރު ( 7708866 ނުވަތަ 7388866 ނުވަތަ 7288661 ) އަށް ގުޅާލުމުން ލިބޭނެ އެވެ. މި ރެޒިޑެންސީން އެޕާޓްމަންޓުތައް ބައްލަވައިގަންނަ ފަރާތްތަކަށް މި އަހަރުގެ މެއި މަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި އެޕާޓްމަންޓުތައް ހަވާލު ކުރެވޭނެ ކަމަށް އެކުއާ ވިޓާއިން ބުންޏެވެ.