ޔޫރޯ ސްޓޯރުން ޗޮކްލެޓަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ޔޫރޯ ސްޓޯރުން "ޗޮކްލެޓް ފިއެސްޓާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.


ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، އެ ފިހާރަ އިން ވިއްކާ ހުރިހާ ޗޮކްލެޓަކުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ތަފާތު އެކި ޗޮކްލެޓުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަނުގެ ތެރެއިން ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ. މި ވަގުތުތަކުގައި އެ ފިހާރައިން ވިޔަފާރިކުރާ މީހުންގެ ތެރެއިން ކޮންމެ 150ރ. އަށްވުރެ ގިނައިން ވިޔަފާރިކުރާ މީހުންނަށް ފިނިފެން މަލެއް ލިބޭނެ އެވެ. އަދި 200ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ލަކީ ޑްރޯއިން އެއް ވަނަ އަށް ދާ ފަރާތަކަށް 1،000ރ. އަދި ދެ ވަނަ އަށް 500ރ. އަދި ތިން ވަނަ އަށް 250ރ. ގެ ކޫޕަނެއް ލިބޭނެ އެވެ.

ޔޫރޯ ސްޓޯރުން ލިބެން ހުންނަ ލިންޓް ޗޮކްލެޓް ފޮށިތަކެއް-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މީގެ އިތުރުން ވެސް ތަފާތު ހަރަކާތްތައް މި ވަގުތުތަކުގައި ޔޫރޯ ސްޓޯރުގައި ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި "ގެސް އެންޑް ވިން" ގޭމު ކުޅެގެން 500ރ. ގެ ވައުޗަރު ހޯދުމުގެ ފުރުސަތާއި "ޓްރައި ޔުއަ ލަކް" ގެ ނަމުގައި ކުރިއަށްގެންދާ ކުޅިވަރެއްގައި ގުރުއަތު ނަގައިގެން އިނާމު ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ރަހަ ދައްކާލުމާ އެކުގަ އެވެ.

ޔޫރޯ ސްޓޯރުން ލިބެންނަ ހުންނަ ޗޮކްލެޓުގެ ތެރޭގައި "ކެޑްބަރީ" އާއި "މިލްކާ" އާއި "ލޯކާ" އާއި "ކޯޓްޑޯ" އަދި "ލިންޓް" އާއި "ފެރާރޯ" އާއި "ޓޮބްލެރޫން" ހިމެނެ އެވެ. މި ހުރިހާ ބްރޭންޑަކީ ވެސް ރާއްޛޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑްތަކެވެ.