އެމްޕީއެލްގެ އެމްޑީ ޝާހިދާއި އެ ކުންފުނީގެ ބައެއް އިސްވެރިން.
18 މާޗް 2020 - 13:07
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރި، އިގުތިސޯދީ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ކުންފުނިތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެމްޕީއެލްގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން މިއަދު ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ، ބޯޑުގެ މެމްބަރުންނާއި ސީނިއާ އެގްޒެކެޓިވްސް އަދި ޑިޕާޓްމަންޓުތަކުގެ އެންމެ އިސްވެރިންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު، އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޖޫނިއާ މުވައްޒަފުންނަށް އެ އުސޫލު ނުހިނގާނެ ކަމަށެވެ.
އެމްޕީއެލް އިން މި ފިޔަވަޅު އެޅީ ކޮރޯނާވައިރަސް ފެތުރުން ހުއްޓި، ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ނިމުމަކާ ހަމައަށް ދިއުމާ ހިސާބަށެވެ.
"މި އުނދަގޫ ދަނޑިވަޅުގައި ކުންފުނީގެ އޮޕަރޭޝަންތަކުގެ ޚަރަދު ކުޑަކޮށްގެން ނަމަވެސް އަޅުގަނޑުމެންގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ދެމެވެ،" ރާއްޖޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން ބުންޏެވެ.
ކޮވިޑާ ގުޅިގެން، ސިޔާސީ މަގާމުތަކުގެ މުސާރައިގެ 20 ޕަސެންޓު އުނިކުރުމަށް ވެސް ކެބިނެޓުން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި ދައުލަތުން ކުރާ ޚަރަދުތަކުން އެއް ބިލިއަން ރުފިޔާ ދަށް ކުރަން ވެސް ކެބިނެޓުން ނިންމި އެވެ.
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަށް ލިބޭ އާމްދަނީން 135 (2.5 ބިލިއަން ރުފިޔާ އާއި 446 މިލިއަން ޑޮލަރު (6.9 ބިލިއަން ރުފިޔާ) މަދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުން/ބިދޭސީންނެވެ. އެ 13 މީހުންގެ ތެރެއިން 11 ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ. އެ މީހުން ނިސްބަތް ވަނީ އިޓަލީ އާއި އިނގިރޭސި ވިލާތާއި ޖަރުމަނާއި ތުރުކީ އާއި ސައުތު އެފްރިކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު1
19 March 2020
މުސާރައިނ ްއުނިކޮށްފައި ސިޔާސީ ޕާޓީތަކަށް އެލާރި ބަޛެޓުން ދީފައި ބަހައްޓާ
ިަހަސަނު އެމްޕީ އެލް
18 March 2020
ޕަސެންޓެއްނޫން މުހިންމީ ކީ.... ކަޑާ އަދަދު...... މިހާރުވެސް ތީގެން ކޮންމެމީހަކު ގޭގަތިބެގެން ފޯނުން ހުރިހާ ކަމެއް ނިންމަމުން އާދައިގެ ސްޓާފުންގެ 10މީހުންގެ މުސާރައާ އެއްވަރުގެ އަދަދެއް ގެއައްގެންދޭ.... ޕެންޝަން އަށް ކުޑައެއްޗެއްދައްކަންވެގެން ކޮންމެ މީހެއްގެ ބޭސިކް ކުޑަކޮށްފަ ބޮޑު އެލަވަންސެއް ނަގަނީ.... މުޅިން އޮޅުވާލުން އޮންނަނީ...
ރަންރީދޫ ޓްވިޓަރޭ
18 March 2020
ކަމެއްޖެހޭއިރު ބަޖެޓަކުނޯވޭ ލޯލާރިޔެއްވެސް އެއްޗެއްލިބޭއިރު މިއޮންނަނީ ގެއްލުމުގެ ބަދަލަށް ސިޔާސީވެރިންގުޅިގެން ނަގައިހުސްވެފަ
އައްޔުބް
18 March 2020
ދައުލަތުގެ ކުންފުނިތަކުގެ މުސާރަ ވަރަށް ބޮޑު، ސިވިލްސާރވިސް އެކޭ އެއްވަރަކަށް މަސައްކްތަކުރަން ޖެހެނީ އެކަމަކު ކުންފުންޏެކޭ ކިޔާފައި، 3 ގުނަ މުސާރަ ބޮޑު. މިކަމަށް އިޞްލާހު ބޭނުން އެބަވޭ.
ކޮރަލް
18 March 2020
20 ޕަސެންޓް މަދުކުރީމަ ލިބޭ ވަރު ބުނެ ބަލާށެވެ. 80 ހާސް އަށްވެސް ވެދާނެ އެވެ.
ޓިމްބަރޓްރޭޑް
18 March 2020
20 ޕަސެންޓް އުނިކުރާއިރުގަ މީގެ މީހެއްގެ މުސާރަ އެބަ އަރާ އާދާގެ 30 މީހުންގެ މުސާރަޔަށްވުރެންވެސް މަތިން 20 ޕަސެންޓް ކަނޑާލިޔަސް 80 ނުވަތަ 90 ހާަސް ގެޔަށް ގެންދޭ.
އަބްދުﷲ
18 March 2020
ސްޓެލްކޯ ވެރިން ކޮބައިތޯ؟ ބޮޑުކުރަން ވެއްޖިއްޔާ ސްޓެލްކޯ ވަރެއް ނުހުންނާނެ.
ރާޖޫ
18 March 2020
ފޮރިން މިނިސްޓަރު ޝާހިދުގެ ދަރީގެ މުސާރަ 20 ސިވިލް ސާރވަންޓުންގެ މުސާރައަށް ވުރެން ބޮޑު. އެއީވެސް ދައުލަތުން ކުރެވޭ ބޮޑު އިސްރާފެއް
00000
18 March 2020
އެއުޅޭ އައިއޭސް ކޮބާހޭ؟ ބަނގުރޫޓް ވަމުން ދާއިރުވެސް އެތިބީ ވަގަށް ބޮޑުކުރި މުސާޜައިގައި ބާރަށް ހިފަހައްޓައިގެން. ބޯޑުގެ ހުއްދަ ނެތި ބޮޑުކުރީ
ޚާލިފް
18 March 2020
މި އުސޫލް ވެރިންނަށް ބޮޑެތި މުސާރަ ދޭ ހުރިހާ ކުންފުނިތަކުން އަމަލު ކުރަންޖެހޭ. އެގޮތުން މިފްކޯ، އެމްޓީސީ، އެމްޕީއެލް، ޕީ.އެސް.އެމް، ސްޓެލްކޯ، ފަދަ ކުންފުނިތަކުން މުސާރަ ކުޑަކުރަންޖެހޭ. ވެރިންނާއި އާދައިގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑު.
އަބްދުﷲ
18 March 2020
ސްޓެލްކޯ ވެރިންނެއް އެމީހުންގެ މުސާރައެއް ކުޑައެއް ނުކުރާނެ. މިހާރުވެސް 50000ރ ގެއަށް ގެންދާވެރިން ސްޓެލްކޯގަ އެބަތިބި.
ޝިފާން އސޓއހ
18 March 2020
އަހަރުމެނޭ އެބަކިޔާތަ؟