ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ:އަހުމަދު އައުޝަން އިލްޔާސް
19 މާޗް 2020 - 19:36
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ކޮންމެ ގޭބީސީއެއްގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ސަބްސިޑީއެއް ދޭން ނިންމާފައިވާ ކަމަށެވެ. މިކަމުން އާންމުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކަންކަމަށް ދައުލަތުން 212 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހާއްސަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިވެރިކުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ދަރަނިތަކުގެ އިންޓްރެސްޓް ޕޭމެންޓް ކުޑަކޮށް ލޯނު ދެއްކުން ހަ މަސް ދުވަހަށް ލަސްކޮށްދިނުމަށް މިހާރު އަޅުގަނޑުމެން މިވަނީ ވާހަކަދައްކާފައި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އިކޮނޮމިކް ޕެކޭޖުތައް އިއުލާނު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ލޯނުގެ ޕޭމެންޓް ކުޑަ ކުރުމަށްޓަކައި ހުށަހަޅާ މީހުން މިހާލަތުގައި ލޯނުގެ ޕޭމެންޓް ދެއްކެން އުނދަގޫކަން ބޭންކަށް ދައްކައިދޭން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އެކަންކަމުގެ ތަފްސީލް ބޭންކުތަކުން ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ދަނޑިވަޅަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ވެސް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު ކަމަށާއި ސަރުކާރުން ދޭ ލުއިތައް ހެޔޮ ގޮތުގައި ބޭނުން ކުރުން މުހިއްމު ކަމަށެވެ. އެގޮތުން ކުންފުނިތަކުން ދިވެހިންގެ ވަޒީފާތައް މަދު ނުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ވަޒީފާތައް މަދު ނުވާނަމަ، ހަރަދުތައް މަދު ނުވެ، އިގްތިސާދީ ހާލަތުން އަރައިގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި މާޗު މަހު މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް ވަނީ 34.7 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިމަހުގެ މިހާތަނަށް އާއި ޓޫރިސްޓުންގެ އަދަދަކީ 57،000 އެވެ. މީގެ އިތުރުން މުޅި އަހަރަށް ބަލާ އިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 12 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ ދަށްވުމެއް އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ބޭރުގެ މާލީ އިދާރާތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވާ އިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި، މި ހާލަތުން އަރައިގަތުމަށް އިތުރު 6 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެގޮތުން މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ދުނިޔޭގެ ހުރިހާ މާލީ އިދާރާތަކާއި މަލްޓި-ލޭޓްރަލް އޭޖެންސީތަކާއި އެކުވެރި ގައުމުތަކާ ވާހަކަދައްކަމުން މިދަނީ. ފެހި ސިގްނަލްތަކެއް ލިބެމުން އަންނަނީ. ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ކްރައިސިސް އަކަށް މިދަނީ. އެހެންވީމަ އާމްދަނީ ވެސް ދަށްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރިކަރަންޓް ހަރަދުން އެއް ބިލިއަން ރުފިޔާ އުނި ކުރުމަށް ނިންމާފައިވާ އިރު ރަމަޟާން މަހު ދިނުމަށް ހަމަޖެހިފައިވާ 3،000ރ. ގެ އިނާޔަތް ކުޑަކޮށް ނުވަތަ ނުދޭން އެއްވެސް ވަރަކަށް ވިސްނާފައެއް ނުވެ އެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި ދިރިއުޅުން ވީހާ ވެސް ބޮޑަށް ލުއި ފަސޭހަ ކޮށްދޭން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީމީހާ
20 March 2020
މިސަރުކާރަކަ ރާއްޖެ ތަރައްގީއެެ ނުކުރެވޭނެ. މީ ހަގީގަތް.
ތެދުވެރިޔާ
20 March 2020
ރާއްޖޭގަ ތިބެނީ ގަމާރުމީހުންތަ؟ ޝުކުރިއްޔާ ކުރީގެ ސަރުކާރު
ޝޮކްތެރަޕީ
20 March 2020
ނަސީމެއްނުން ކުރީގެ ސަރުކާރުން ރާއްޖެގެ އިގުތިސޯދު ކުރިއަރުވާފަ ބެހެއްޓިކަން. މިކަމުގެ އަސްލު ފައިދާ ދިވެހިންނަ މިކުރަނީ. އިންޑިޔާގެ އަޅުވެތިކަމުން ރާއްޖެ ދުރައްޖެހެން ޖެހޭ. ޗައިނަޔާ ގުޅިގެން ރާއްޖެ ތަރައްގީ ކުރަންވީނުން. މިހަރު ސިރީލަންކާ ތަރައްގިޔާ ދިމާލަށް މިސްރަބު ޖަހައިފި.
ހަކީމް
20 March 2020
އިނގިގެން ދިޔައީ މިހާރު މިއޮތް ސަރުކާރަކީ ދިވެހިން ނިކަމެތި ކޮއްނުލާނެ ސަރުކާރެއްކަން. ޕޕ ކުދިންނަށް މިޙަބަރު ހަޖަމު ނުވެގެން އުޅޭތަން ކޮމެންޓް ތަކުން އެބަފެނޭ.
އޭރުގެ ހަދާންތައް
20 March 2020
ތިކަން އެގޭނެ އަންނަމަހު ބިލުތައް އަތަށް ލިބުނީމަ..1އެއްޓަނުފެން ހިލޭދިންގޮތަށް ކަ ރަންޓާ ފެންބިލުން ކުޑަވަނީ ކޮންބަޔަކަށް ކިހާވަ ރެއްކަން...
ނާހިދު
20 March 2020
މިސަ ރުކާ ރުން ކަނޑާ ކަ ރަންޓްބިލުން ދައްކަންޖެހޭ އަދަދަކަށް ބަދަލެއްނާންނާނެ. ބުނާނީ ބޭނުންކު ރިލެއް ގިނައީއޭ. ބަލަންތިބޭ 40 ޕަސަންޓު ކަނޑާ ބިލަށްއަ ރާވަ ރު. އެންމެ ލާ ރިއެއް އެހެން މަސްތަކަށްވު ރެ މަދުވިޔަސް ސާބަސް ދޭނަން.
ރޯމަސް
20 March 2020
ކުލިން ސުމެއް.
ގުޑުގުޑާ
20 March 2020
ދިިވެހިކުއްޔަކުއް ހިލޭފައިސާދިނީމާ ސަރުއް ކެއްޕޭނު މެޑެލްޖަހަނީ ލަދުބޯހަލާކު
އެކްޓިވިސްޓް
20 March 2020
ޝުކުރިއްޔާ! ލޮބުވެތި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހު، ސަރުކާރަށް މިއަހަރު ލިބޭނެކަމަށް ލަފާކުރި ޢާމްދަނީ އިން އެތައް ބިލިއަން ރުފިޔާއެއް ނުލިބޭނެކަމުގެ ބިރު އޮތްއިރުވެސް ރައްޔިތުން އުޅޭނެ ނިކަމެތި ހާލު ވަރަށްގާތުން ބައްލަވައި ވަޒަންކޮށް ރައްޔިތުންނަށް ތިޔަފޯރުކޮށްދެއްވަމުންގެންދަވާ އެހީތަކަކީ މީގެކުރިން ރިއާސީ އިންތިޚާބެއް ކައިރިވުމުންނޫނީ އަޅުގަނޑުމެން ދެކެފައިނުވާ ކަނަތްއްތައްތަކެވެ. މަނިކްފާނުގެ ހެޔޮވެރިކަމުގައި ﷲ ބަރަކާތްލައްވާށި އާމީން
ގޮތްވޭތޯބަލާ
19 March 2020
ކަރަންޓް ބިލުން 40 ޕަސެންޓް، ފެން ބިލުން 30 ޕަސެންޓް ކުޑަކުރަނީ ނަމަ ތިޔާ ކަވަރު ކުރަން ޖެހޭނީ ހަމަ ސަރުކާރުގެ ބަޖެޓުންނޭ ދެން ރޯޑް ޓު ކޮވިޑް ރިކަވަރީގައި ރައްޔިތުން ދަވާލަން މަޖްބޫރުވާނެއޭ ސަރުކާރަށް ކޮޒް ކޮމޯޑިޓީގެ ބެކްބޯން އަކީ ޑީސެލް ކަމަށްވާއިރު އެގަންނާނެ ފައިސާ ސަރުކާރުގެ އަތުގައި ނެތުން އެއީ ބޮޑު ކެއޯސް އަކަށް ގައުމު ދާނެ ކަމެކޭ އަދިވެސް ޗައިނާ ފަދަ ލާރޖް ކޮށް ފައިސާ އާއި ތެޔޮ އޮތް ގައުމަކާއި ގުޅިގެން މިރާއްޖޭގެ އިގްތިސާދު ފުނޑާނުލެވޭނެ
ޗެނަލް ކޮރޯނާ ތޭރާ
19 March 2020
މީ ހިކުމަތްތެރި ސަރުކާރެއް. ރައީސް އިބޫއަށް ހެޔޮގޮތް މިންވަރު ކުރައްވާށި