ރެޑްވޭވުން ފިޔާގެ އަގު ހެޔޮކޮށް، ރޯދައަށް ބޭނުން ބަދިގެ ސާމާނު ގެނެސްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާޓުގެ ހިދުމަތް ދެމުން އަންނަ ރެޑްވޭވުން ފިޔާ އަގު ހެޔޮކުރުމުގެ އިތުރުން ކުރިއަށް އޮތް ރޯދަ މަހަށް ބޭނުންވާ ބަދިގެ ސާމާނު ވެސް ގެނެސްފި އެވެ.


ރެޑްވޭވުން މިދިޔަ ހަފްތާއިން ފެށިގެން ފިޔާ ކިލޯއެއް ވިއްކަމުން އަންނަނީ 15ރ. އަށެވެ. ނަމަވެސް މިއަދުން ފެށިގެން ރެޑްވޭވްގެ ފިހާރަތަކުން ފިޔާ ލިބެން ހުންނާނީ ކިލޯއެއް 11ރ. އަށެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ބާޒާރުގައި ފިޔާގެ އަގު އުުފުލެން ފެށުމާ އެކު އޭގެ އަގަށް ރެޑްވޭވުން ބަދަލު ގެނައި ދެވަނަ ފަހަރެވެ.

ފިޔާގެ އިތުރުން ބަދިގެ ސާމާނު ވެސް ބާޒާރުގެ އާންމު އަގުތަކަށް ބަލާއިރު އަގު ހެޔޮކޮށް އެތަނުގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ރޯދަ މަހާ ދިމާކޮށް ރެޑްވޭވުން މިހާރު ވެސް ވަނީ ގިނަ އަދަދެއްގެ ބަދިގެ ސާމާނު ބާޒާރަށް ނެރެފަ އެވެ.

ރެޑްވޭވުން ވިއްކަމުން އަންނަ ބަދިދޭގެ ސާމާނުތަކެއް

ރެޑްވޭވުން ބުނީ އެތަނުގެ ފިހާރަތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މޮޅެތި ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ސާމާނު ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ޝާޕް ބްރޭންޑުގެ އައިސް އަލަމާރި އާއި ރައިސް ކުކަރާއި އޭސީ އަދި ދޮންނަ މެޝިން ފަދަ ތަކެތި ވެސް ހިމެނެ އެވެ.

ރެޑްވޭވްގެ ފިހާރަތައް މަޝްހޫރު ވެފައި ވަނީ ގިނަ އަދަދެއްގެ މުދާ ލިބެން ހުންނަ އަދި ހެޔޮ އަގުގައި ވިޔަފާރިކުރެވޭ ތަންތަނުގެ ގޮތުގަ އެވެ.

ރެޑްވޭވްގައި ކުރިއަށް ގެންދާ ރޯދަ ސޭލްގައި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕާނެއް ދެ އެވެ. އަދި މި ސޭލް ނިމުމުން އެއް ވަނަ ނަސީބުވެރިޔަކަށް 100،000ރ. ހުށައަޅާފައިވެ އެވެ. އޭގެ އިތުރުން ވެސް އެކި އިނާމުތައް، މި ސޭލްގައި ވަނީ ހުށާއަޅައިފަ އެވެ.

ރެޑްވޭވްގެ ފިހާރަތަކުން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތަށް ހާއްސަ ވެބްސައިޓެއް ހެދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.