އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސުން: ސްޓެލްކޯ

ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން އެ ކުންފުނީގެ އެމްޑީ މުޣުނީ އަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ. ސްޓެލްކޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ "އޭ" ކެޓަގަރީގެ ހުރިހާ ކުންފުންޏެއްގެ އެމްޑީންނަށް ވެސް ލިބިވަޑައިގަންނަވާ އަދަދު ކަމަށް.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ވެސް ކަނޑައަޅަނީ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ކަމަށް ސްޓެލްކޯ އިން ރޭ ބުނެފި އެވެ.


ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީގެ މުސާރައިގެ ތަފްސީލް ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އެ މުސާރަ ބޮޑުކަމުން އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ނަތީޖާ އަކީ، ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުންޏާ މެދު މީހުން ދެކޭގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރުން ކަމަށް ވާތީ، އެ ސިޓީ ލީކުވި މައްސަލަ ބަލައި ދިނުމަށް ސްޓެލްކޯ އިން ވަނީ މަޖިލީހުގައި އެދިފަ އެވެ.

މި މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި އާއްމުވެެފައިވާ ސްޓެލްކޯގެ ސިޓީގައި ވާ ގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޣުނީ އަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަ އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، އެ ކުންފުނިން އަންނަނީ ކުރިއާ ހިލާފަށް މީޑިއާ މެދުވެރިކޮށް، ޕްރޮޖެކްޓުތަކާއި މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ހިއްސާ ކުރަމުންނެވެ. އެހެންކަމުން ދައުލަތުގެ އިދާރާތަކަށާއި އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އާއްމު ކުރާނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި މުޣުނީގެ މުސާރައާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދީ، ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ މީގެ ކުރިން ޑިރެކްޓަރުންގެ ބޯޑުން ހަމަޖެއްސި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު، މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ހަމަޖައްސާފައިވާ ގިންތީގެ ތެރެއިން ކަމަށެވެ. އެގޮތުން، ސްޓެލްކޯއަކީ "އޭ" ކެޓަގަރީގެ ކުންފުންޏަކަށް ވެފައި، މުޣުނީގެ މުސާރައަކީ އެ ކެޓަގަރީގެ ހުރިހާ ކުންފުންޏެއްގެ ވެސް އެމްޑީންގެ މުސާރަ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިންތިތައް ފިނޭންސް މިނިސްޓްރީން ކަނޑައަޅަނީ އެ ކުންފުންޏެއްގެ ޕާފޯމެންސް ލަނޑުދަނޑިތަކާއި އިންޑިކޭޓަރުތަކަށް (ކޭޕީއައި) ބެލުމަށް ފަހު އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، އެ ކުންފުނިން އަންނަނީ ކުރިއާ ހިލާފަށް މީޑިއާ މެދުވެރިކޮށް، ޕްރޮޖެކްޓުތަކާއި މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ހިއްސާ ކުރަމުންނެވެ. އެހެންކަމުން ދައުލަތުގެ އިދާރާތަކަށާއި އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އާއްމު ކުރާނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.