ކަލަ ބޭންކުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ

ކަލަ ބޭންކް ވެބްސައިޓް މެދުވެރިކޮށް ކުލަ ގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.


ކަލަ ބޭންކުން ބުނީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ލޮކްޑައުންނާ އެކު ވިޔަފާރި ކުރުމުގެ ސަގާފަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ތަކެތި ގަނެ، މުދާ އޯޑަރު ކުރެވޭނެ ގޮތްތަކަށް ގިނަ ވިޔަފާރިތައް ބަދަލުވެފައިވާ ކަމަށެވެ. ކަލަ ބޭންކުން ވެސް އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ ގޮތް ފަހިކޮށްދިނީ، ރައްޔިތުންނަށް ފަސޭހަކަމާ އެކު ތަކެތި ލިބޭނެ ގޮތް ހެދުމަށް ކަމަށް އެ ފިހާރަ އިން ބުނެ އެވެ.

ގޭގައި ލާނެ ކުލައިގެ އިތުރަށް ކާރު، ސައިކަލް އަދި މިނޫނަސް އެހެނިހެން އޮޓޮމޯޓިވްގައި ލާނެ ކުލަ އާއި އޮޑި ދޯނި ފަހަރުގައި ލާނެ ކުލަ އަދި ޕޮރެޓެކްޓިވް ކޯޓިންގް ވެސް ކަލަ ބޭންކްގެ ވެބްސައިޓުން ގަނެވޭނެ އެވެ. މީގެ އިތުރުން ކުލަލާން ބޭނުން ކުރާ ފިހި، ރޯލަރު ފަދަ ތަކެތި ވެސް ލިބޭނެ އެވެ. އަދި ފްލޯ ޕެއިންޓާއި އެކި ކަހަލަ ސްޕްރޭ ޕެއިންޓާއި ކޮޓަރީގެ ފާރު ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ވޯލްޕޭޕާ ވެސް ވެބްސައިޓު މެދުވެރިކޮށް ގަނެވޭނެ އެވެ.

ކަލަރބޭންކް އިން މީގެ އިތުރަށް ވުޑްކެއާ ނުވަތަ ލަކުޑީގަ ލާ ތަފާތު ކުލައިގެ ވަރުނީސް އަދި ޕްރޮޓެކްޓިވް ކޯޓިންގްސް ލިބިވަޑައިގަންނަވާނެއެވެ

ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރަށްރަށަށް ދާ ދޯނި ފަހަރާ ހަމައަށް ޑެލިވަރީ ކޮށްދެ އެވެ.

ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަލަ ބޭންކް ހުޅުވާފައި ވަނީ 1994 ވަނަ އަހަރު އެވެ. ކަލަ ބޭންކުން އެއްގަމު އުޅަނދުތަކުގައި ލުމަށް ހާއްސަ އެކްޒޮނޯބެލްގެ ސިކެންސް އާއި މަތިންދާ ބޯޓްތަކަށް ބޭނުންވާ އެކްޒޮނޯބެލްގެ އެއިރޯ ސްޕޭސް ކޯޓިން އާއި ކަނޑު އުޅަނދު ތަކަށް ބޭނުންވާ ޖޯޓުން މެރީން އާއި ގޭތެރެއަށައި އިމާރާތް ތަކުގައި ލުމަށް ހާއްސަ ޖޯޓުން ޑެކެރޭޓިވް ޕެއިންޓް އަދި ކްރައުން ޕެއިންޓް އަންނަނީ ވިއްކަމުންނެވެ.