ކަލަ ބޭންކް ހޯމުން 20 ޕަސެންޓުގެ ޑިސްކައުންޓް

ކަލަ ބޭންކުން ހުޅުމާލޭގައި ހިންގަމުން އަންނަ ކަލަ ބޭންކް ހޯމުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


މި ޕްރޮމޯޝަަނުގައި ކަލަ ބޭންކް ހޯމުން ވިޔަފާރި ކުރުމުން މުޅި ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 31ގެ ނިޔަލަށެވެ.

ކަލަ ބޭންކް ހޯމްއަކީ ގޭގައި ލާ ކުލަ އާއި ގޭތެރެ ރީތިކުރުމަށް ބޭނުންވާ ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުވި ފިހާރައެކެވެ. މީގެ އިތުރުން ގިނަ ބަޔަކު އިތުބާރު ކުރާ ބައިނަލްއަގުވާމީ ބްރޭންޑުތުގެ ވުޑްކެއާ އާއި ކުލަ ލާން ބޭނުންވާ ސާމާނާއި ސާފުކުރަން ބޭނުންވާ ސާމާނާއި ފަނިިފަކުސަ ނައްތާލާ ތަކެތި މި ފިހާރައިން ލިބެން ހުންނާނެ އެވެ. މި ފިހާރަ ހުންނާނީ ހުޅުމާލެ ނިރޮޅުމަގު ލޮޓް ނަންބަރު 11115ގަ އެވެ.

މި ފިހާރައިން ވިއްކާ ޖޯޓަން ބްރޭންޑުގެ ކުލައަކީ ދުނިޔޭގެ މަޝްހޫރު ގިނަ އިމާރާތްތަކެއްގައި ލައިފައިވާ ކޮލިޓީ ރަނގަޅު ކުލައެކެވެ. މީގެ ތެރޭގައި ސިންގަޕޫރުގެ މެރިނާ ބޭއާއި ޕެރިސްގެ އައިފަލް ޓަވަރާއި ދުބާއީ މެޓްރޯގެ އިތުރުން ޗައިނާގެ ކެންޓަން ޓީވީ ޓަވަރު ހިމެނެ އެވެ.

ކަލަ ބޭންކް ހޯމްއަކީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިންގަމުން އަންނަ ފިހާރައެކެވެ. އެ ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރު ކުލަ ބްރޭންޑުތައް ކަމަށްވާ "ކްރައުން ޕެއިންޓްސް" އާއި "ޖޯޓަން" އާއި "ސިކެންސް" އާއި "އެކްސޯނޯބަލް އެރޯސްޕޭސް ކޯޓިން" ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.