އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް އެހީވުމުގެ ގޮތުން މޯލްޑިވިއަންގެ ފަރާތުން އެ ގައުމަށް ފުރި ޕައިލެންޓުންނާއި ކްރޫއިން-- ފޮޓޯ: މޯލްޑިވިއަން
ދިވެހި ޕައިލެޓުންގެ އެހީއާ އެކު އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް މި މަހުގެ 31 ގައި ފެށުމަށް ރާއްޖޭގެ އެހީ ހޯދަނީ ރާއްޖެއަކީ އެ ދާއިރާގައި އެންމެ ކާމިޔާބު ގައުމަށް ވާތީ އެވެ. އަދި މިކަމަށް ހޯދަނީ މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އެހީ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.
އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރާ މި ދަތުރުތައް ފައްޓަވައިދެއްވާނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.
For India’s 1st #seaplane project, we had to turn to the experts in the field!
— India in Maldives (@HCIMaldives) October 25, 2020
The seaplane operations, to be inaugurated by PM @narendramodi, will take off with the assistance of @MaldivianAero 🛩, pilots & crew!
We thank Govt of 🇲🇻 & @MaldivianAero for their support🙏🏽
🇲🇻✈️ 🇮🇳 pic.twitter.com/r8XBmJJLOc
އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއް--
މި ޕްރޮޖެކްޓް ފެށުމަށް ޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫއިންގެ ޓީމު މިހާރު ވަނީ އިންޑިއާ އަށް ފުރައިފަ އެވެ.
ހައި ކޮމިޝަނުން ބުނިގޮތުގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އެދުރުކަލޭފާނު
27 October 2020
ތީ އިންޑިޔާ މީހުން، ތިކަންތައް ދަސްކުރަން އިންޑިއާ މީހުން ހިލޭ ޓްރެއިންނިންގ ކުރަން ގަންނަގަނޑެއްތީ....ދުނިޔޭގެ އެންްމެ ބޮޑު ސީޕްލޭން ފްލީޓް، އިންޑިއާ ކަމެއް މިހާތަނަކަށް ނުކުރޭ އެމީހުންނަށް ހުރިހާ ފައިދާވާގޮތަކަށްނޫނީ. ތިކަންތައް ހުއްޓާލާ
ކަނބިލި
26 October 2020
ދިވެހިންނަށް ހެލިކޮޕްޓަރު ދުއްވު މުގެ ތަ މްރީނު ދީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން ދިވެހިންނާ ހަވާލުކުރޭ. އެއިރުން އިންޑިއާގެ ނިޔަތް ރަނގަޅުކަ މަށް ނިން މި ދާނެ
އިބްރ
26 October 2020
އިންޑިޔާ އައުޓް. އިންޑިޔާ އައުޓް. ދިވެހިން ނޫޅޭ އިންޑިޔާގަ ސީޕްލޭން ދުއްވައިދޭކަށެއް. މޮޔަވެގެންތޯ މިއުޅެނީ. ދިވެހިންނަށް ދޭނެ މުސާރައެއްވެސް އިންޑިޔާއަކަށް ނުލިބޭނެ.
ރާއްޖެ
26 October 2020
އިންޑިއާ ސިފައިން ގެންނަ ހެލިކޮޕްޓަރެއް ބޮއްކުރައެއް ވިޔަސް ދުއްވަން އެނގޭ ދިވެއްސަކު ނުހުރޭ.
ހަންނޭ123
26 October 2020
ހާދަ ހަޑި ބަދަރެކޭ
ވަހީދު
26 October 2020
ދިވެހިންނަށް 10 އަހަރުވީ އިރު ވެސް ހެލިކަޕްޓަރު ދުއްވަސް ދަސްނުވިއޭ ކިޔައިގެން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ. އެއީ ދިވެހިންނަކީ މާ ކުރީގައި ވެސް ހެލިކަޕްޓަރުގައި ދަތުރުކޮށް އުޅުނު ބައެއް. ދިވެހިންނަކީ ރޯމަނުންގެ ދުވަސްވަރު އިޓަލީ ވިލާތަށް ތަތުރު ކުރި ބައެއް. ސައުދީ އަރަބިއްޔާގެ ޖިއްދާއަށް 59 ފޫޓުގެ އޮޑިއެއްގައި ޖައްސާލުމަކީ ކާބަފައިންށް މާކަ ބޮޑު ކަމަކަށް ނުވޭ.
ހާލުހާލު
26 October 2020
އެކަމުވެސް ހަމަ ހެލިކޮޕްޓަރ ދުއްވަން ދިވެހިންނަށް ނޭނގުނު؟
R332937
26 October 2020
ތިގޮތަށް ރާއްޖޭގައި އުޅޭ އިލްމުވެރިން ވަރަށް އަވަހަށް ނާސާގެ ޕުރޮޖެކްޓު ތަކަށް ގެންދަން ފަށާނެ. ރާއްޖޭގައި ތިބީ އިލްމުން ފުރިގެންވާ އިލްމު ވެރިން. އިމީހުން ނުދަންނަ އެއްވެސް އާއެއްޗެއް ބަޔަކަށް އިޖާދެއް ނުކުރެވޭނެ
ސަޖޯ
25 October 2020
އިންޑިޔާ މީހުންނަށް ނެވިކަން ދަސްކޮށްދިނީވެސް ދިވެހިން ސީޕްލޭން ދުއްވަން ދަސްކޮށްދެނީވެސް ދިވެހިން ސަޅިއިނގޭ
ފުލޮޕް
25 October 2020
ރާއްޖޭގެ މިލިޓަރީ ބޭފުޅުންނާއެކީ ގެންދަވާ އޭރަށް އެގޭނެ އިންޑިޔާ މީހުންވެސް އެހެން ގައުމުތަކުގެ މިލިޓަރީ މީހުން ތިބީމަ ހުން އަންނަވަރު