އާކް އެއިޑް މެދުވެރިކޮށް ބީއެމްއެލްގެ އެހީ ފަސް އަތޮޅަކަށް

ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަން ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބީއެމްއެލުން 150،000ރ. ހަދިޔާކޮށްފި އެވެ.


މި ޕްރޮގްރާމްގެ ދަށުން އާކް އިން އަންނަނީ އެހީތެރިކަން ބޭނުންވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. އެގޮތުން، ބީއެމްއެލުން މިފަހަރު ހަދިޔާކުރި ފައިސާ އިން ހއ. ހދ. މ. ފ. އަދި ދ. އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގެ ރަށްތަކަށް ވެސް އާކް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ވަނީ މިިދިޔަ މެއި މަހުގައި ވެސް އާކް ފަންޑަށް 50،000ރ. ހަދިޔާ ކޮށްފަ އެވެ. މި އެހީގެ ދަށުން ޖެންޑާ މިނިސްޓްރީން އާކް އަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ 115 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބޭންކުން ބުންޏެވެ.