އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު އެ ކުންފުނީގެ ހުޅުމާލެ ފެކްޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
18 ފެބުރުއަރީ 2021 - 22:04
ކުންފުނި ކުރިއެރިވަރަކަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ކަމަށްވާ އެންސިސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ވަސީމް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިންނަށް މަންފާ ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތާނގައި ވެސް މުޖުތަމައަށް ފައިދާ ހުރި ކަންތައް އެ ކުންފުނިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސިސް އިން ވަނީ އެ ކުންފުނިން އެންމެ ފަހުން ހުޅުމާލޭގައި ހުޅުވި ފެކްޓްރީން ވެސް ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާ ދީފަ އެވެ. މީގެ ތެރޭގައި ޕާޓް ޓައިމް ކޮށް މަސައްކަތް ކުރަން ބޭނުންވާ އަންހެނުން ވެސް ހިމެނެ އެވެ.
ވަސީމް ވިދާޅުވީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސްމާލު ކަމަށެވެ. އަދި އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ވެސް އެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކުންފުނި މި އުސްމިނަށް ގެނައުމަށް ދުވާލާ ރޭގަނޑު އެންމެ ބޮޑަށް މަސައްކަތް ކުރި ބަޔަކީ އަޅުގަނޑުގެ ރަހުމަތްތެރިން ފަދަ މުވައްޒަފުން. ކޮވިޑް-19ގެ ތެރޭގައި ވެސް އަޅުގަނޑުގެ މުވައްޒަފުން ދެއްކީ ފުރިހަމަ ނަމޫނާއެއް. މިކަމާ އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ،" ވަސީމް ވިދާޅުވި އެވެ.
އެންސިސް އިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރަމުން އަންނަނީ އެމެރިކާ އާއި ޔޫރަޕަށެވެ. އެ ދެ ސަރަހައްދުގައި އެ ކުންފުނީގެ އުފެއްދުންތަކާއި މަހުގެ ބާވަތްތަކަށް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފަ އެވެ.
ވަސީމް ވިދާޅުވިގޮތުގައި މިހާރު ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކުގެ 50 ޕަސެންޓަކީ އެ ކުންފުނިން ބޭރު ކުރާ އުފެއްދުމެވެ. އެގޮތުން، މަހެއްގެ މައްޗަށް 300 ޓަނުގެ މަހުގެ އުފެއްދުން ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯޓު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
20 February 2021
ދެއްކެވި ވާހަކަ ފުރިހަމަވީސް ކުންފުނީގައި އުޅޭ ދިވެހި މުވައްޒިފުންނާ ބޭރު މުވައްޒިފުންގެ އަދަދު ހާމަކުރިނަމަ. މިހާރު ފިހާރަޔަކައް ދިޔައަސް ސުފަމާކެޓެކައް ދިޔައަސް މި ފެންނަނީ ހުސް ބޭރުމީހުން. އަހަރުން އާދަކުރަން ވީ ދިވެހި މުވައްޒިފުން ގެންގުޅޭ ތަންތަނުން ވިޔަފާރި ކުރުމައް، އޭރުން ބަދަލެއް ފެންނާނީ.
ހޯޕްލަސް
19 February 2021
އަޅުގަނޑު ރާއްޖޭން ބޭރުން ޑިގްރީ އަދި މާރސްޓަސް މާލެއިން ހަދާފައި އަދި ކުރިން މަސައްކަތްކުރި ވަޒީފާގެވެސް އެކްސްޕީރިއެންސް ލެޓާރ ޔާރ އަމަޔާ ބަފަޔާރ ލީމަވެސް.. ނުވެސް ގުޅާ.. ކޮންމެ ވެސް މީހަކަށް ވަޒީފާ ދީފަ... ދެން ސިސްޓަމް ތެރެއަށް ވައްދާލީ ކަމަށް އަޅުގަނޑުއަށް ދޭހަ ވަނީ... ނޮޓް ޝުއާރ ޔެޓް..މި މަސް ނިމުނީމަ، އަދި، އެ އޮފީސްގެ އޮންނަ ވެބްސައިޓްގައި އޮވޭ، މާރކްސް ދޭ ކަރުދާހެއް..އެންމެންނަށް ދައްކަން، ޔޭ ވިއާރ ސޮ ޓްރާންސްޕޭރަންޓް ކިޔާ އެއްޗެއް...
އަލި
19 February 2021
ކޮންމެ މީހަކު ވެސް އަމިއްލަ ފައިދާއަށް. މުޅި ހުޅުމާލެ ހިފައިގެން ތިޔަ އުޅުއްވަނީ. ހެނދުނު ދުވާ ކުނިވަހުން ސަލާމަތްނުވޭ. މިހާރު ތިދާވަރުން ދަންޏާ ހުޅުމާލެ ބޮޑުބައެއް ތިއޮތީ ތަރިކައަކަށް ހަދާފަ.
ޢަބްދުމް
19 February 2021
ކޮންމެ އެއްޗެއްވެސް ނުބައިކޮށް ނަގަން ބޭނުންވެއްޖެނަމަ ނެގޭނެ...
ސަރް ޑޯނާލްޑު
19 February 2021
މުޖުތަމައަ ފައައިދާ ކުރާތި ދޯ ޑޯލަރު ކަޅު ބާޒާރުގަ އަގު ބޮޑުކޮށް ތިވިއްކަނީ
ކޮރަލް
19 February 2021
މަތީ މަގާމް ތަކުގަ ގިނައީ ލަންކާ މީހުނެވެ.
މަރީ ބީ
19 February 2021
މިއަށްވުރެން މުވައްޒަފުންނަށް ރަނގަޅު މީހަކު މަ ނުދަންނަން. ޕާޓް ޓައިމް ކުރޭ މަގޭ މަންމަ އެތާ.
ނަޝީދު.
19 February 2021
ތީ މިހާރު ޗަންޕާގެ ތަނެއްނު؟
ސަރަންފީ
18 February 2021
ތީގަ ބަޔަކަށް ރޯނުފިލާ ވަރުގެ ވާހަކައެއްނެތް. ކުޑަމިނުން ވަޒީފާ ދިން މީހުންގެ އަދަދު ވެސް ބުނެ ނުދެވޭ.
އޮނަރަބްލް އަފީފު ދީދީ
18 February 2021
ދާދިފަހުން 429 ކިލޯގެ މިޔަރު އުރަހަ ސްމަޤުލް ކުރާން އުޅެނިކޮށް ކަސްޓަމްސް އިން ވަނީ އެތަކެތި ހިފަހައްޓާފަ. # ނަމަވެސް އަދިވެސް އެއީ ކޮންބައެއްކަން ސަރުކާރުން ހާމަ ނުކުރޭ. މިއީ ވަރަށް ދެރަކޮށް ހިގާ ކަންކަން. މިފަދަ ވައްކަން ތަކުގެ ސަބަބު ދެނެގަންނާންޖެހެނީ ޤައުމީ މަސްލަހަތު އެކަމުގައި ހިމެނޭތީ. # އެންޒީގެ ތިޔަ ވާހަކަ ތަކަކީ ކުންފުނީގެ އިމޭޖް ރަނގަޅު ކުރާންވެގެން ޖެއްސި ޕީއާރު ބައެއް ހެން ހީވޭ.
މޯޱް
18 February 2021
ކޮންގްރެޓްސް....ވަސީމް... ބާރައް ކުރިއައް...ވަރަށް ހެޔޮ ދުއާ.