ކުނި މެނޭޖްކުރާ ސަރުކާރު ކުންފުނި، ވެމްކޯއިން އެ ކުންފުނީގައި މަސައްކަތް ކުރަން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

"ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު"ގެ ތެރެއިން އެ ކުންފުނީގެ ހަ ޑިޕާޓްމެންޓަކުން 29 ވަޒީފާގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. އޭގެ ތެރޭގައި ވެހިކަލް ދުއްވުމާއި މެރިން މެކޭނިކް، ކޭޝިއާ، ސްޓޯ ކީޕާގެ ވަޒީފާ ހިމެނެ އެވެ.

މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 14 ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު 5،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ވެމްކޯގެ މުވައްޒަފަކު ވެލްޑިން ކުރަނީ---ފޮޓޯ:ވެމްކޯ
ވެމްކޯގެ މުވައްޒަފަކު ވެލްޑިން ކުރަނީ---ފޮޓޯ:ވެމްކޯ

ވެމްކޯއިން ބުނީ މި ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭނެ ކަމަށެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޓިވެޓް އޮތޯރިޓީ އާއި ޔޫތް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް މިހާރުވެސް ވަނީ ބައިވެރިވެފަ އެވެ.