ސްވިޒަލެންޑްގެ މަޝްހޫރު ޓްރެވެލް އެޖެންސީ، މަންޓާ ރައިސެންއާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ފަށައިފި އެވެ.
މަންޓާ ރައިސެންއާ އެކު ރާއްޖެ އިސްތިހާރު ކުރުމުގެ ކެމްޕޭން ކުރިއަށް ދާނީ ސެޕްޓެމްބަރުން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
މި ކެމްޕޭންގައި ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ، މި ކޭމްޕުގައި ސްވިޒަލޭންޑްގެ ޓްރަވެލް އެޖެންޓުންނަށް ފްރެންޗާއި ޖަރުމަން ބަހުން 45 މިނެޓުގެ ދެ ވެބިނާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. ކޮންމެ ވެބިނާއެއްގައި ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓުހައުސްތަކާއި ލިވަބޯޑައި އަދި ހޮޓެލްތައް އިޝްތިހާރު ކުރެވޭނެ އެވެ. އަދި ޓޫރިސްޓުން ރާއްޖެ އައިސް ކުރާ ތަޖުރިބާތައް ހިއްސާ ކުރުން ހިމެނެ އެވެ.
ކެމްޕޭނުގެ އިތުރުން އެމްއެމްޕީއާރްސީން ވަނީ ޖަރުމަނު ނޫސް ވެބް ސައިޓެއްގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ވެސް ހާއްސަ ކޮންޓެންޓެއް ޝާއިއުކޮށްފަ އެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނީ ހައި ސީޒަންގަ އެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު މަންޓާ ރެއިސަން އާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނުން ރާއްޖެ، ގިނަ ޓްރަވެލް އެޖެންޓުންގެ މެދުގައި މަޝްހޫރު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.